logo
MPL

MPL

ޚަބަރު

އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސް

t
t

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް މިއަދުވެސް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާ އިން ބުނީ ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށާއި ކުރިއަށްއޮތް 3 ދުވަހުވެސް އުތުރުގެ ރަށްތަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މެދުރާއްޖޭގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރިނަމަވެސް، ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެކަމަށް ވެސް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިުތުރުން ކުރިއަށްއޮތް 24ގަޑިއިރަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ބުނެއެވެ. އަދި ދެކުނުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެކަމަށް ވެސް ވަނީ ބުނެފައެވެ.

އެ އިދާރާ އިން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ބުނެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށްވެސް ބުނެއެވެ. އަދި މެދުރާއްޖެތެރެއާއި އުތުރަށް ރާޅުގެ އުސްމިނުގައި 7-4 ފޫޓު އަދި ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި 4-2 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށްވެސް ލަފާކޮށްފައި ވެއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވަނީ އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ޚަބަރު | 19 ގަޑިއިރު ކުރިންއަރްނަބް ތޫފާން ދަތުރުކުރަމުން ދަނީ ރާއްޖެއާ ދުރަށް: މެޓްޚަބަރު | 15 ދުވަސް ކުރިންފެންބޮޑުވި ރަށްރަށަށް އެހީވުމަށް ފުލުހުން ނުކުމެއްޖެޚަބަރު | 18 ދުވަސް ކުރިންކުޅުދުއްފުއްޓާއި ނޮޅިވަރަންފަރުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެޚަބަރު | 18 ދުވަސް ކުރިން