logo
MPL

MPL

ޚަބަރު

އައިޑީކާޑް ޒަމާނީކޮށް ޑިޖިޓަލައިޒް ކުރަނީ

އިޙުސާނާ އިބްރާހީމް
9 ނޮވެމްބަރު 2026 - 12:24
އައިޑީކާޑް ޒަމާނީކޮށް ޑިޖިޓަލައިޒް ކުރަނީ

ސްމާޓް އައިޑީކާޑް އަދި ސީއާރުވީ ކާޑުތައް ބަޔޯމެޓްރިކް ވެރިފިކޭޝަން ހިމެނޭހެން ޒަމާނީ ކޮށް، ޑިޖިޓަލް އައިޑީކާޑްގެ ނިޒާމް ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ސޮފްޓްވެއާ ޑިވޮލޮޕަރ އަހްމަދު އަބްސަލް މުހައްމަދު ބުނެފިއެވެ.

ސްމާޓްއަޑީކާޑް، ސީއާރުވީކާޑުތައް ތަޢާރަފުކުރުމާ ބެހޭގޮތުން މެންދުރު ޓީވީ މައުޟޫއު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަބްސަލް ވިދާޅުވީ ބަޔޯމެޓްރިކް ވެރިފިކޭޝަންގެ ޤާބިލިއްޔަތު ކަމާއެކީ، ވަރަށްގިނަ މަސައްކަތް ކުރިޔަށް ގެންދަމުން ދާކަމަށެވެ. އެގޮތުން ފާހަގަކޮށްލެވޭ ކަމަކީ ސީއާރުވީއެސް އައިޑީ ސިސްޓަމެއް ޤާއިމްކުރުމުން ދިވެހި ރައްޔިތުންނަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެން ދާނެކަމަށެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސީއާރުވީ ކާޑުތަކަކީ ދިވެހި ރައްޔިތެއްކަން އެނގޭ ކޮންމެ މީހެއް އެސިސްޓަމަށް ރިކޯޑުކުރެވިގެން ދާނެކަށާ މި ސިސްޓަމް ތަޢާރަފު ކުރުމުގެ ސަބަބުން ކަންކަން ފަސޭހަވެގެން ދާނެކަމަށެވެ.

އަބްސަލް ވިދާޅުވީ އަލަށް އުފަން ވާކުދިން ކުއްޖާގެ ފޮޓޯއެއް އެޕްލިކޭޝަން މެދުވެރިކޮށް ފޮނުވާލުމުން ބަލާނީ ކާޑު ސްޓްރީމްލައިން ވެގެން އަޑީކާޑާ ހަމަައަށް ދާނެކަމަށެވެ. އަދި މުޢައްސަސާތަކަށް ދިއުމުން އެމީހަކީ ކާކުކަން ވެރިފައިކޮށްލެވޭނެ ކަމަށެވެ.

އަދި މިހާރު މިގެންގުޅޭ ޕްރިންޓެޑް ކާޑު އަޕްގްރޭޑްވާނީ ސްމާޓް އައިޑީކާޑަކަށް ކަމަށާއި، އެކާޑު ތަކަކީ މިހާރުހުރި ކާޑު ތަކަށް ވުރެއް ރަގަޅު ކާޑުތަކެއްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިޑީކާޑް ޒަމާނީކޮށް ޑިޖިޓަލައިޒް ކުރަނީޚަބަރު | 5 ގަޑިއިރު ކުރިންހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މަގާމުން ވަކިކޮށްފިޚަބަރު | 10 މަސް ކުރިންއައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް އއ. އަތޮޅު ކައުންސިލުގައިވެސް ފަށައިފިޚަބަރު | އަހަރެއް ކުރިންއައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ލ. އަތޮޅުގައި ފަށައިފިޚަބަރު | އަހަރެއް ކުރިން