އަރްނަބް ތޫފާން ދަތުރުކުރަމުން ދަނީ ރާއްޖެއާ ދުރަށް: މެޓް
26 އޮކްޓޯބަރު 2026 - 11:28

ބަންގާޅު ކަނޑުގައި އުފެދިފައިވާ ތޫފާން "އަރްނަބް"ގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފި އެވެ.
މެޓްް އޮފީހުން ބުނީ "އަރުނަބް" ތޫފާންގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށާ އެ ތޫފާން މިހާރު ދަތުރުކުރަމުން ދަނީ ރާއްޖެއާ ދުރަށް ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
އަރުނަބް ތޫފާން ރާއްޖެއާ ދުރަށް ދަތުރުކުރި ނަމަވެސް އަންނަ ބުދަ ދުވަހު މި ތޫފާންގެ އަސަރު އިންޑިއާއަށް ކުރާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ތޫފާން އިންޑިއާގެ ސަރަހައްދަށް އަރާއިރު ގަޑިއަކު 140 ކިލޯމީޓަރަށް ވައިޖެހޭނެ ކަމަށާއި ބައެއް ހާލަތްތަކުގައި އެއަށްވުރެވެސް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރައަކީ އިންޑިއާގެ ދެކުނާއި ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ލޯ ޕްރެޝާއެެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.
މި ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރޭގެ ރަށްރަށަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

-01.jpg&w=3840&q=75)
