logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުން ޢާންމުގޮތެއްގައި ރަނގަޅު ވާނެ: މެޓް

އައްޑޫގެ ހަންކެޑެ ބުރިޖު: މި ބުރިޖު އަންނަ ހޮނިހިރު ދުވަހު ހުޅުވަން ވަނީ ނިންމާފައި -- ފޮޓޯ: އިމާރަތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
އައްޑޫގެ ހަންކެޑެ ބުރިޖު: މި ބުރިޖު އަންނަ ހޮނިހިރު ދުވަހު ހުޅުވަން ވަނީ ނިންމާފައި -- ފޮޓޯ: އިމާރަތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ

ބައެއް ރަށްތަކަކަށް ކެރީގެ އަސަރުކުރި ނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅު ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ލަފާކޮށްފިއެވެ.

މެޓް އޮފީހުން މޫސުން ލަފާކޮށް ބުނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ. މިހާރު މިއީ ހުޅަނގު މޫސުމުގެ ހަތަރުވަނަ ނަކަތް ރޯނު ނަކަތެވެ. މި މޫސުމުގައި ގަދަވަޔާއެކު ވިއްސާރަކުރާނެއެވެ. މިއީ ދިވެހިންގެތެރޭގައި މަޝްހޫރު ޖޫންޖުލައިގެ ވިއްސާރަ ފެށޭ ނަކަތެވެ. ކަނޑުތައް ވަރަށް ގަދަވާނެއެވެ.

ޢާންމުކޮށް ވައިޖެހޭނީ ހުޅަނގުންނެވެ. މި ނަކަތުގައި އެވްރެޖްގޮތެއްގައި 4.7 އިންޗިއަށް ވާރޭ ވެހޭނެއެވެ.

ވައިޖެހޭނީ ގަޑިއަކު އެވްރެޖްކޮށް 24.08 ކިލޯމީޓަރުގެ ބާރުމިނުގައެވެ. އަވިދޭނީ އެވްރެޖްކޮށް 89.3 ގަޑިއިރުއެވެ. މި ނަކަތުގައި ވެސް މަސްވެރިކަން ދަށްވާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން ޢާންމުގޮތެއްގައި ރަނގަޅު ވާނެ: މެޓްޚަބަރު | 3 ގަޑިއިރު ކުރިންބައެއް ރަށްތަކަކަށް ކެރީގެ އަސަރުކުރި ނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅު ވާނެ: މެޓްޚަބަރު | ދުވަހެއް ކުރިންއުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްޚަބަރު | 3 ދުވަސް ކުރިންމޫސުންދައްކަނީ ގޯސް ކަމަށް؛ ޢީދު ވާނީ ފެން ޢީދަކަށް!؟ޚަބަރު | 4 ދުވަސް ކުރިން