logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުންދައްކަނީ ގޯސް ކަމަށް؛ ޢީދު ވާނީ ފެން ޢީދަކަށް!؟

ފޮޓޯ/ ސަން އޮންލައިން--މޫސުން ގޯސްވާނެކަމަށޤ ލަފާކޮށް ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފި
ފޮޓޯ/ ސަން އޮންލައިން--މޫސުން ގޯސްވާނެކަމަށޤ ލަފާކޮށް ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފި

ކުރިއަށް އޮތް ޢީދު ބަންދުގައި އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، ވައިޖެހޭނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ ކަނޑުތައް އާދައިގެވަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، އީދު ދުވަހު ވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާ އެކު ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ފުރިހަމަ ސަލާމަތީ ފިޔަވަޅުތައް ނާޅައި ދަތުރުތަކަށް ނުނިކުތުމަށް އިދާރާތަކުން އިލްތިމާސްކުރެއެވެ.

އާންމުކޮށް ރާއްޖެއަށް ބޮޑައް ވިއްސާރަކުރަނީ ހުޅަނގު މޫސުމުގައެވެ. އިރުވައި މޫސުމުގައި ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރިޔަސް މޫސުން ގިނަދުވަސްތަކުގައި އޮންނަނީ އާންމު ގޮތެއްގައި ރަނގަޅަށެވެ. ހުޅަނގު މޫސުން ރާއްޖެއަށް ޢާންމުގޮތެއްގައި ލައިގަންނަނީ މޭމަހު މެދެއްހާ ތަނުން ފެށިގެން ނޮވެންބަރުމަހުގެ ނިޔަލަށެވެެ. އަދި އިރުވައި މޫސުން ޖެނުވަރީއިން ފެށިގެން މާރިޗްމަހުގެ ނިޔަލަށް ދެމިގެން ދެއެވެ. ޑިސެމްބަރ އަދި އެޕްރީލް މަހަކީ ޢާންމުކޮށް ދެމޫސުން ބަދަލުވާ ދުވަސްވަރެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުންދައްކަނީ ގޯސް ކަމަށް؛ ޢީދު ވާނީ ފެން ޢީދަކަށް!؟ޚަބަރު | ގަޑިއިރެއް ކުރިންމޫސުން ލަފާކުރެވޭ ގޮތް: ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެޚަބަރު | 2 ދުވަސް ކުރިންކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިޚަބަރު | 4 ދުވަސް ކުރިންކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަ ވާނެޚަބަރު | 4 ދުވަސް ކުރިން