logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަ ވާނެ

އައިޝަތު ނަޝާ
21 މޭ 2026 - 04:21
ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަ ވާނެ

ކުރިއަށް އޮތް 24 ގަޑިއިރު ވެސް އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް) އޮފީހުން ބުނެފިއެވެ.

އެ އިދާރާއިންވަނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ.މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 6:30 އިން 10:30އަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭކލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ފާއިތުވި 24 ގަޑިއިރަށް ބަލާއިރު، އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑުކުރެވިފައިވަނީ އއ. ތޮއްޑުއަށެވެ. އެއީ 143.9 މިލިމީޓަރުގެ ވާރޭއެވެ. ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ނ. މާފަރަށެވެ. އެއީ 66.9 މިލިމީޓަރުގެ ވާރޭއެވެ.

މިއަދުވެސް އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުން މުހިއްމެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑު ގަދަވާނެ ކަމަށެވެ. އެހެންނަމަވެސް ހޮނިހިރުން ފެށިގެން ދަތުރުކުރެވޭ ވަރަށް ކަނޑުތައް މަޑުވާނެކަމަށް ބުނެފައިވެއެވެ. އެ އިދާރާއިން އިތުރަށް ބުނީ، މިމަހުގެ 24،23 އަދި 25ވަނަ ދުވަހު ދަތުރުކުރެވޭ ވަރަށް ކަނޑުތައް މަޑުވާނެ ކަމަށެވެ.

އަދި ޢީދު ބަންދު ތެރޭގައި އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވައިގަދަވެ، ވިއްސާރަ ކުރާނެކަމަށާއި އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަ ވާނެޚަބަރު | ގަޑިއިރެއް ކުރިންއީދުގައި ކަނޑުތައް ގަދަވާނެ ކަމަށް ބަލައިގެން ދަތުރުތައް ރާވާ: މެޓްޚަބަރު | ދުވަހެއް ކުރިންދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވޭ: މެޓްޚަބަރު | 5 ދުވަސް ކުރިންކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރެއާއި ދެކުނަށް ރީނދޫ ސަމާލު ނެރެފިޚަބަރު | 7 ދުވަސް ކުރިން