logo
Bank of Maldives

Bank of Maldives

ޚަބަރު

އީދުގައި ކަނޑުތައް ގަދަވާނެ ކަމަށް ބަލައިގެން ދަތުރުތައް ރާވާ: މެޓް

އައިޝަތު ނަޝާ
20 މޭ 2026 - 05:46
އީދުގައި  ކަނޑުތައް ގަދަވާނެ ކަމަށް ބަލައިގެން ދަތުރުތައް ރާވާ: މެޓް

އަޟްހާ އީދަށް ދަތުރުތައް ރާވާއިރު، ކަނޑުތއް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބަލައިގެން ދަތުރުތައް ރޭވުމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން އިރުޝާދު ދީފިއެވެ.

އަންނަ ހުކުރުން ފެށިގެން، މި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ސަރުކާރުގެ މުވައްޒަފުންނަށް ބޮޑު ބަންދެއް ލިބޭނެއެވެ. އަދި ބަންދުގެ ތެރޭގައި އަޟްހާ އީދުގެ ބަންދުވެސް ހިމެނެއެވެ. މިފަދަ ބަންދުތަކުގައި އާއްމުކޮށް ދިވެހިން ރަށްރަށަށް ގޮސް އުޅޭއިރު، އީދު ބަންދު ވުމުން އީދު ހަރަކާތްތަކުގައިވެސް ގިނަ އަދަދަކަށް ދިވެހިން ބައިވެރިވާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަންނަ ހޮނިހިރުން ފެށިގެން ހޯމަ އާއި ހަމައަށް، މެދުރާއްޖެ ތެރެ އާއި އުތުރަށް އެވްރޭޖްކޮށް ވައި ހުންނާނީ 10 މޭލާއި 20 މޭލާއި ދޭތެރެގައި ކަމަށާއި،އަދި އެ ތިން ދުވަހު އުތުރުގައި ވައިމަޑުވާނެ ކަމަށާއި، އެގޮތުން ވައި ހުންނާނެ ކަމަށް ލަފާ ކުރެވެނީ ފަސް މޭލާއި 15 މޭލާއި ދެމެދުގައި ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން 26 އިން ފެށިގެން 29 އަށް މޫސުން ކުރިއަށް ލަފާކޮށް ، މެދުރާއްޖެ ތެރެއާއި އުތުރަށް ކޮންމެވެސް ވަރަކަށް ވައިގަދަވެދަނެ ކަމަށާއި، އޭގެ މާނައަކީ 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށް ވަނީ ބުނެފައެވެ. އަދި ދެކުނަށް، 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސްއެ އިދާރާއިން މައުލޫމާތުދެއެވެ.

އަދި  ދަތުރުތައް ޕްލޭން ކުރާއިރު، އެންމެ ރަނގަޅުވާނީ ވައި ހަމަ ހުންނާނެ ކަމަށް ބަލައިގެން، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަަމަށް ބަލައިގެން ކަމަށް ވެސް އެ އިދާރައިން ވަޏި އިރުޝާދުދީފައެވެ.

މި ދުވަސްވަރު ރާއްޖެއަށް ބޯކޮސް ވާރޭވެހި ވިއްސާރަކުރަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ އިރުޝާދުދީފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީދުގައި ކަނޑުތައް ގަދަވާނެ ކަމަށް ބަލައިގެން ދަތުރުތައް ރާވާ: މެޓްޚަބަރު | 4 ގަޑިއިރު ކުރިންދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވޭ: މެޓްޚަބަރު | 5 ދުވަސް ކުރިންކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރެއާއި ދެކުނަށް ރީނދޫ ސަމާލު ނެރެފިޚަބަރު | 6 ދުވަސް ކުރިން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވޭ: އެމްއެމްޑީއެފްޚަބަރު | 6 ދުވަސް ކުރިން