ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވޭ: އެމްއެމްޑީއެފް
14 މޭ 2026 - 05:43

މޫސުން ގޯސްވެފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް)އިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފްއިން ވަނީ، ރޭގަނޑު ދަތުރު ކުރާ ނަމަ އިތުރަށް ސަމާލުވުމަށާއި، ޑައިވިން އަދި ވޯޓާ ސްޕޯޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައިވެއެވެ. އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

Ad by Hajj Corporation
45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަަކަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ހުދު ސަމާލު ނެރެފައެވެ.
މެޓުން ހުދު ސަމާލު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށެވެ. އެއީ މިއަދުގެ 10:00 އިން ފެށިހެން ހަވީރު 16:00 އާ ހަމައަށެވެ.
މެޓުން ނެރުނު ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފަ ކުރެވޭ ކަމަށެވެ.


