ސިނަމާލެ ބުރިޖުގައި ޕިކަޕެއްގެ ދަށުވެ މީހަކު މަރުވެއްޖެ
ޒިދާން މުޙައްމަދު
13 މޭ 2026 - 17:10

މާލެ، ހުޅުލެ/ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބުރިޖު މަތީ މިރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.
މިރޭ 10:12 ހާއިރު މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން މީހަކު ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެއެވެ.

Ad by Hajj Corporation
މި އެކްސިޑެންޓުގައި މަރުވި މީހާއަށް ސީރިއަސް އަނިޔާތަކެއްވިއެވެ. އޭނާ މަރުވީ އެކްސިޑެންޓު ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.
އެކްސިޑެންޓުގައި މަރުވި މީހާގެ މައުލޫމާތެއް އަދި ކަށަވަރެއް ނުވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މިހާދިސާ ތަހުގީގުކުރަމުންނެވެ.


