logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްތުވާތަކެތި ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ހިޔާ ފްލެޓަކުން 22 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
12 މޭ 2026 - 12:11
ޑްރަގް ޓްރެފިކްކުރާ މައްސަލައެއްގައި ހިޔާ ފްލެޓަކުން 22 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓެއްގައި މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 22 އަހަރުގެ ދިވެހި އަންހެނަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދޭ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެ، ގ. ނާޝިދުވިލާ، ފާޠިމަތު ޝާޙާ އިބްރާހީމް (22އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން، މި ހިނގާ މެއި މަހުގެ 11 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އޮޕަރޭޝަންގެ ތެރެއިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާގެ އަތުން ފެނުނު މި ތަކެތީގެ ވަގުތީ ބަރުދަނަކީ 216.12 ގުރާމެވެ.

ފާޠިމަތު ޝާޙާ އިބްރާހީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިފަދަ އޮޕަރޭޝަންތައް ފުލުހުން ދަނީ މާލެ ސަރަޙައްދުގައާއި އަތޮޅުތެރޭގައި ވަރުގަދަކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑްރަގް ޓްރެފިކްކުރާ މައްސަލައެއްގައި ހިޔާ ފްލެޓަކުން 22 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންބްލެކްމެއިލްކުރުމާއި އޮރިޔާން ކާޑު ހެއްދުމުގެ ކުށް ސާބިތުވި މީހަކު 6 އަހަރަށް ޖަލަށްޚަބަރު | ގަޑިއިރެއް ކުރިންކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހުން ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފިޚަބަރު | 3 ދުވަސް ކުރިން