logo
Bank of Maldives

Bank of Maldives

ޚަބަރު

ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

އައިޝަތު އިނާޝާ
12 ޖުލައި 2026 - 12:58
ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

މާލޭ ބޮޑުތަކުރުފާނު މަގުގައި މިއަދު ހަވީރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ، މިއަދު ހަވީރު 15:57 އެހާކަންހާއިރުއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މާލެ ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީ ސައިކަލަކާއި ލޮރީއެއް ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. މިހާދިސާގައި މަރުވެފައިވަނީ، ފިރިހެނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި މަރުވީ ސައިކަލް ދުއްވަން އިން މީހާއެވެ. އޭނާ ވަނީ ލޮރީ ދަށުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކްސިޑެންޓާއި ގުޅޭ އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު 4 މީހުން ހައްޔަރުކޮށްފިޚަބަރު | 14 ގަޑިއިރު ކުރިންގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފިޚަބަރު | ދުވަހެއް ކުރިންތިން މީހުން ގެއްލުނީ ދޯނިން ދިޔަ ހިއްކަން ތިއްބާޚަބަރު | 2 ދުވަސް ކުރިންޖުލައި މަހު ސްކޭމްގެ 180 މައްސަލަ ހުށަހަޅާފައިވޭ: ފުލުހުންޚަބަރު | 2 ދުވަސް ކުރިން