ޕީއެންސީ އިންތިހާބުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފި
12 ޖުލައި 2026 - 17:52

ޕީއެންސީގެ އެތެރޭގެ އިންތިހާބު ކުރިއަށްދަނިކޮށް ހުޅުމާލޭގައި ހިންގި މާރާމާރީގެ މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 2 މީހަކު ހައްޔަރުކުރީ މިރޭގެ ވަގުތެއްގައެވެ.

Ad by Hajj Corporation
ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރާއި 24 އަހަރުގެ 2 ދިވެހިންނެވެ.
ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ކާމިލް ދީދީ ސްކޫލުގައި ވޯޓު ގުނަމުން ދަނިކޮށް ބަޔަކު ވަދެ ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. [
މިމާރާމާރީގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އެ ވީޑިއޯތަކުން ފެންނަގޮތުގައި އެކަކު އަނެކަކަށް ގޮނޑިން ހަމަލާދޭ މަންޒަރު ފެނެއެވެ. އަދި ބޮޑެތި މާރާމާރީތަކެއް ހިންގާފައިވެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.


