logo
Bank of Maldives

Bank of Maldives

ޚަބަރު

ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރެއާއި ދެކުނަށް ރީނދޫ ސަމާލު ނެރެފި

މާލެއަށް ކުރަމުންދާ ވިއްސާރައިގައި، މާލެ ފެނުއަޑީގައި -- ފޮޓޯ: ޕީއެސްއެމް ނިއުސް
މާލެއަށް ކުރަމުންދާ ވިއްސާރައިގައި، މާލެ ފެނުއަޑީގައި -- ފޮޓޯ: ޕީއެސްއެމް ނިއުސް

 

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މެދުރާއްޖެތެރެއާއި ދެކުނުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށް، އިރު އޮއްސި 6:00 އާ ހަމައަށެވެ. މެޓުން ބުނި ގޮތުގައި އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

މި ކަމާ ގުޅިގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. އެ ގޮތުން ދަތުރަށް ނުކުތުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށާއި، އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަ ހިއްކާ ޕަންޕު ފަދަ ސާމާނު ރަނގަޅަށް ހުރިތޯ ކަށަވަރުކުރުމަށް އެމްއެންޑީއެފުން އިރުޝާދު ދީފައިވެއެވެ.

އޭގެ އިތުރުން މުދާ އުފުލާ އުޅަނދުތަކުން ހައްދަށް ވުރެ ބޮޑަށް ބަރު ނުކުރުމަށާއި، މުދާ ރަނގަޅަށް ލައިސަން ލައި ބެހެއްޓުމަށާއި، ޚާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން އިތުރަށް ފަރުވާތެރިވުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާދީއްތަ ދުވަހުން ފެށިގެން ވަޔާއި ކަނޑުތައް މަޑުވާން ފަށާނެ: މެޓްޚަބަރު | 2 ގަޑިއިރު ކުރިންކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރެއާއި ދެކުނަށް ރީނދޫ ސަމާލު ނެރެފިޚަބަރު | 2 ގަޑިއިރު ކުރިން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވޭ: އެމްއެމްޑީއެފްޚަބަރު | 7 ގަޑިއިރު ކުރިންބ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް!ޚަބަރު | ދުވަހެއް ކުރިން