logo
Bank of Maldives

Bank of Maldives

ޚަބަރު

އާދީއްތަ ދުވަހުން ފެށިގެން ވަޔާއި ކަނޑުތައް މަޑުވާން ފަށާނެ: މެޓް

ފޮޓޯ/ ސަން އޮންލައިން--މޫސުން ގޯސްވާނެކަމަށޤ ލަފާކޮށް ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފި
ފޮޓޯ/ ސަން އޮންލައިން--މޫސުން ގޯސްވާނެކަމަށޤ ލަފާކޮށް ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފި

އާދީއްތަ ދުވަހުން ފެށިގެން ވަޔާއި ކަނޑުތައް މަޑުވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މެދުރާއްޖެތެރެއާއި ދެކުނުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށެވެ. މެޓުން ބުނި ގޮތުގައި އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

މި ކަމާ ގުޅިގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. އެ ގޮތުން ދަތުރަށް ނުކުތުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށާއި، އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަ ހިއްކާ ޕަންޕު ފަދަ ސާމާނު ރަނގަޅަށް ހުރިތޯ ކަށަވަރުކުރުމަށް އެމްއެންޑީއެފުން އިރުޝާދު ދީފައިވެއެވެ.

އޭގެ އިތުރުން މުދާ އުފުލާ އުޅަނދުތަކުން ހައްދަށް ވުރެ ބޮޑަށް ބަރު ނުކުރުމަށާއި، މުދާ ރަނގަޅަށް ލައިސަން ލައި ބެހެއްޓުމަށާއި، ޚާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން އިތުރަށް ފަރުވާތެރިވުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ހަފުތާ ބަންދުގައި ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރާއިރު، މޫސުން އަލިވާން ފަށާނީ އާދީއްތަ ދުވަހުން ފެށިގެން ކަމަށް މެޓް އޮފީހުން ބުނެއެވެ.

އެ އިދާރާއިން ބުނީ، އާދީއްތަ ދުވަހުން ފެށިގެން ވަޔާއި ކަނޑުތައް މަޑުވާން ފަށާނެ ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާދީއްތަ ދުވަހުން ފެށިގެން ވަޔާއި ކަނޑުތައް މަޑުވާން ފަށާނެ: މެޓްޚަބަރު | 2 ގަޑިއިރު ކުރިންކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރެއާއި ދެކުނަށް ރީނދޫ ސަމާލު ނެރެފިޚަބަރު | 2 ގަޑިއިރު ކުރިންމޫސުން ގޯސް، ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިޚަބަރު | 3 ދުވަސް ކުރިންދަތުރަށް ފުރުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދާ:އެންޑީއެމްއޭޚަބަރު | 5 ދުވަސް ކުރިން