logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުން ގޯސް، ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

އައިޝަތު އިނާޝާ
11 މޭ 2026 - 13:51
ފޮޓޯ/ ސަން އޮންލައިން--މޫސުން ގޯސްވާނެކަމަށޤ ލަފާކޮށް ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފި
ފޮޓޯ/ ސަން އޮންލައިން--މޫސުން ގޯސްވާނެކަމަށޤ ލަފާކޮށް ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.

ހުދު ސަމާލު ނެރެފައިވަނީ 17:30 އިން ފެށިގެން 22:30 އަށް ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޓުން ބުނާގޮތުގައި އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ކަނޑުތައް އާދައިވަރަކަށް ގަދަވެފައި ވިލާ ގަނޑުގައިއިތުރަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސް މިން ހުންނާނީ 5 ފޫޓާ 8 ފޫޓާ ދެމެދުގައި ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވާއިރު، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ވަކިން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައި ވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން ގޯސް، ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިޚަބަރު | ގަޑިއިރެއް ކުރިންދަތުރަށް ފުރުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދާ:އެންޑީއެމްއޭޚަބަރު | 2 ދުވަސް ކުރިން ސަމާލުވޭ! ކުރިއަށް އޮތީ ވައިބާރުވެ ކަނޑުގަދަވާނެ ފަސް ދުވަސްޚަބަރު | 3 ދުވަސް ކުރިންހަފުތާ ބަންދުގައި ވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފިޚަބަރު | 4 ދުވަސް ކުރިން