logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭގެ ފޭސް 1 ގެ ވޯޓަރ ޕާކް ތެރޭގައި އަލިފާން ރޯވެއްޖެ

މުޙައްމަދު އަފްރާޙް
14 އޭޕްރީލު 2026 - 03:38
ހުޅުމާލޭގެ ފޭސް 1 ގެ ވޯޓަރ ޕާކް ތެރޭގައި އަލިފާން ރޯވެއްޖެ

ހުޅުމާލޭގެ ފޭސް 1 ގައި ހަދަން ފަށާފައި ހުރި ވޯޓަރ ޕާކް ތެރޭގައި ހުރި ގަސްތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު ހެނދުނު 06:34 ހާއިރު ކަމަށެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން އެ ސަރަހައްދުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު ހެނދުނު 07:39 ހާއިރު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޭސްފުޅިއެއް ގޮވައި އަލިފާން ރޯވެ ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާދެނީޚަބަރު | މަހެއް ކުރިންގެއްލުނު 3 މީހުން ހޯދަން ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައިފިޚަބަރު | މަހެއް ކުރިންގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފިޚަބަރު | މަހެއް ކުރިންމަސްދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެޚަބަރު | 2 މަސް ކުރިން