logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

އައިޝަތު އިނާޝާ
20 ޖުލައި 2026 - 06:48
މަސްދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

ހދ. ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް "ބަހުރު" ނަމަކަށް ކިޔާ މަސްދޯންޏަކުން މީހަކު ގެއްލިގެން، އެމްއެންޑީއެފުން ހޯދަމުންދަނިކޮށް، އެ މީހާ ހޮނޑާފުށީ ގޮނޑުދޮށުން ފެނިއްޖެއެވެ. 

އެމްއެންޑީއެފުން ބުނިގޮތުގައި އެ މީހާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ މިއަދު ފަތިހު 04:05 ހާއިރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެ މީހާ ހޯދުމުގެ މަސައްކަތް ފެށިއެވެ. ގެއްލުނު މީހާ ފެނިފައިވަނީ މިއަދު ހެނދުނު 05:55 ހާއިރު، ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވާ، ހޯދުމުގެ މަސައްކަތުގައި އެހީތެރިވަމުންދިޔަ ޑިންގީއަކަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އަދި  އޭނާއަށް އަވަސް ޞިއްޙީ ފަރުވާ ދިނުމަށް ޓަކައި 05:59 ހާއިރު، ހދ. ހަނިމާދޫ ޞިއްޙީ މަރުކަޒަށް ވަނީ ގެންގޮސްފައި ކަމަށާއި ފަރުވާ ދިނުމަށްފަހު އޭނަގެ ހާލު ރަނގަޅު ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ އެމްއެންޑީއެފުން ވަނީ ބުނެފައެވެ. 

އެ މީހާ ހޯދުމަށް ކުރިއަށްގެންދިޔަ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އުޅަނދުފަހަރުގެ އިތުރުން، އެ ސަރަޙައްދުގައި ހަރަކާތްތެރިވި އާންމުންގެ އުޅަނދުފަހަރުތަކުން ދިން ފުރިހަމަ އެއްބާރުލުން އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެއްލުނު 3 މީހުން ހޯދަން ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައިފިޚަބަރު | 20 ދުވަސް ކުރިންގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފިޚަބަރު | މަހެއް ކުރިންމަސްދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެޚަބަރު | 2 މަސް ކުރިންތިލަފުށި ގޮނޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފިޚަބަރު | 2 މަސް ކުރިން