logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭގެ ހަތް ތަނެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދަނީ

އިސްމާޢިލް ރާތިޢު
26 ނޮވެމްބަރު 2025 - 11:24
މާލޭގެ ހަތް ތަނެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދަނީ

މާލެއަށް މިވަގުތު ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި ވާތީ، އެކި ސަރަހައްދުތަކުގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ މާލޭގެ ހަތް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ކުރަމުން އަންނަ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު މެންދުރު އެކެއް ޖެހި ފަހުން މެދުކެނޑުމެއް ނެތި މާލެ އަށް ވެހެމުންދާ ވާރޭގައި ގިނަ މަގުތަކެއްގައި މިހާރު ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މިއަދު އިރުއޮއްސި 6:30 އާ ހަމައަށް ޅ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ކުރިއަށް އޮތް 24 ގަޑިއިރާއި ދެން އަންނަ ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިއްސާރަ އަލިކޮށްލާނެ ކަމަށް ލަފާކުރެވެނީ އަންނަ ހަފުތާގައި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިޔަމިގިލީގައި ސިފައިން އަޅަމުން އަންނަ ސްކޫލްގެ އާ އިމާރާތުގެ ފުރަތަމަ ފަންގިފިލާ ރާނާ ނިންމާލައިފިޚަބަރު | 5 ދުވަސް ކުރިންމާލޭގެ އިތުރު ދެ ތަނެއްގައި އަލިފާން ރޯވެއްޖެޚަބަރު | 8 ދުވަސް ކުރިންމާފަންނު ޖާޔާކުޝަން ކައިރީ ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެޚަބަރު | 8 ދުވަސް ކުރިންމާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއްޚަބަރު | 11 ދުވަސް ކުރިން