logo
Bank of Maldives

Bank of Maldives

World

އިންޑިއާގެ ކެރެލާއިން އެމްޕޮކްސް އާ ވޭރިއެންޓް ފެނިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
24 ސެޕްޓެމްބަރު 2024 - 13:57
ކެރެލާއިން އެމްޕޮކްސް އާ ވޭރިއެންޓް ފެނިއްޖެ

އިންޑިއާގެ ކެރަލާ ސްޓޭޓުން މަކުނު ވިދުރީގެ އާ ވޭރިއެންޓެއް ފެނިފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

އިންޑިއާގެ ކެރެލާގެ ޓްރިވެންޑްރަމާއި ކޮޗިން އަނީ ދިވެހިން އެންމެ ގިނައިން ބޭސް ފަރުވާއަށް ބޭރަށް ދަތުރުކުރާ ދެ ރަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޑިއާގެ ކެރަލާ ސްޓޭޓުން މަކުނު ވިދުރީގެ އާ ވޭރިއެންޓަށް ޕޮޒިޓިވްވެފައިވަނީ ޔޫއޭއީއަށް ދަތުރުކުރުމަށްފަހު މިދިޔަ ހަފުތާގައި އިންޑިއާއަށް އެނބުރި ދިޔަ އެ ގައުމުގެ 38 އަހަރުގެ މީހެކެވެ.

އެ ޤައުމުގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، މި މީހާގެ ކިބައިން މަކުނު ވިދުރީގެ އަލާމާތްތަކެއް ފެނުމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު މަލައްޕޫރަމްގެ ގަވަމެންޓް މެޑިކަލް ކޮލެޖުގައި އެޑްމިޓް ކުރެވުނެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މި މީހާގެ ހާލު ރަނގަަނގަޅު ކަމަށާއި، ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ބަލި ނުފެތުރޭނެކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބުނެ، މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވަނީ ގިނަ ބަޔަކަށް ބަލި ފެތުރުމުގެ ނުރައްކާ ނެތް ކަމަށެވެ.

މި ވޭރިއަންޓާއި ގުޅިގެން އެ ސްޓޭޓުގެ ހެލްތު މިނިސްޓްރީން ޚާއްސަ އިރުޝާދުތަކެއް ދީފައިވާއިރު، އެ ގައުމުން ބޭރުން އަންނަ މީހުންގެ ފަރާތުން މަކުނު ވިދުރީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވީ އެންމެ އަވަހަކަށް ހެލްތު ޑިޕާޓްމަންޓަށް އަންގައި ފަރުވާ ހޯދުމަށް އެދިފައިވެއެވެ. އަދި ކެރަލާގެ ހުރިހާ މެޑިކަލް ކޮލެޖަކުން ވެސް މަކުނު ވިދުރިއަށް ފަރުވާ ދެވޭނެ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިއީ މީދާ ފަދަ ޖަނަވާރުގެ ގައިން އިންސާނުންގެ ގަޔަށް އަރާ ބައްޔަކަށްވާއިރު، މަކުނު ވިދުރި ޖެހުމުން ހިމަބިހީގެ އަލާމާތްތަކާއި އެއްފަދަ އަލާމާތްތަކެއް ފެންނާނެ ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ. އަދި މިއީ 1980 ވަނަ އަހަރު ހިމަބިއްސަށް ވެކްސިނެއް ހޯދި ފަހުން އާންމުންގެ ސިއްހަތަށް ނުރައްކާތެރި، މިފަދަ ބަލިތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ބަލި ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިގޯގެ ސީއީއޯ މަގާމުން ވަކިކުރުމަށް އިންޑިއާގެ ސަރުކާރުން އެދިފާނެ: ރިޕޯޓްޚަބަރު | 7 ދުވަސް ކުރިން އިންޑިއާގެ އަވަށެއްގައި ދިވާލީ ފާހަގަކުރަން ގެރީގެ ނަޖިހާއެކު އުފާ ފާޅުކޮށްފިދުނިޔެ | 2 މަސް ކުރިންއެކުވެރިޔަކާއެކު ބޭރުގައި އުޅެނިކޮށް އިންޑިއާގައި ދަރިވަރަކު ރޭޕްކޮށްފިދުނިޔެ | 2 މަސް ކުރިންބޮއިންގ-787 މަރުކާގެ އެއްވެސް ބޯޓެއްގައި މައްސަލައެއް ހުރިތޯ ބަލަނީ World | 6 މަސް ކުރިން