logo
Bank of Maldives

Bank of Maldives

ޚަބަރު

ވީއައިއޭގެ ޓާމިނަލް އެކަކުން ޚިދުމަތް ދިން ފުރަތަމަ ލަގްޒަރީ އެއަރލައިނަކަށް ބިއޯންޑް

ޝަހްޒާ މުހައްމަދު
16 އޯގަސްޓު 2025 - 12:18
ވީއައިއޭގެ ޓާމިނަލް އެކަކުން ޚިދުމަތް ދިން ފުރަތަމަ ލަގްޒަރީ އެއަރލައިނަކަށް ބިއޯންޑް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް އެކަކުން ބިއޮންޑްއަށް ހިދުމަތް ދޭން ފަށައިފިއެވެ.

މިއީ ޓާމިނަލް އެކަކުން ހިދުމަތް ދޭން ފެށި ފުރަތަމަ ލަގްޒަރީ އެއާލައިނެވެ. އަދި މިއީ ޓާމިނަލް އެކަކުން ހިދުމަތް ދޭން ފެށި ތިންވަނަ އެއާލައިނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކަމަށްޓަކައި ޓާމިނަލް އެކެއްގައި ގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް, ޢަލީ ޢާރިފްއެވެ.

ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ބޯޑު މެންބަރުނާއި، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްޢާންގެ އިތުރުން ބިއޮންޑްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް އަހުތަރު އަދި ބިއޮންޑްގެ ސްޓޭޝަން މެނޭޖަރު ހުސެއިން ފަޔާޒު ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބިއޮންޑްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، ބިއޮންޑް އިން ފުރި 43 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް އެކަކަށް ކައިރި ކުރި ބިއޮންޑްގެ ފުރަތަމަ މަތިންދާބޯޓު، ބީ4091 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 35 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ބިއޮންޑް އަކީ ރާއްޖޭގެ ސިމްޑީ ގުރޫޕާއި އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން އުފައްދާފައިވާ އިންވެސްޓްމަންޓް ކުންފުނި، އަރަބެކްސް ގުޅިގެން އުފައްދާފައިވާ ލަގްޒަރީ އެއާލައިނެކެވެ. މި އެއާލައިނަކީ ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަގުސަދުގައި އުފައްދާފައިވާ އެއާލައިނެކެވެ.

ޓާމިނަލް އެކަކުން މިހާރު ވަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޯސްޓް އެއާލައިން, އެއާ އަރަބިއާއަށް ހިދުމަތް ދޭން ފަށައިފައެވެ. އަދި ޓާމިނަލް އެކަކަށް މި މަހުގެ ތެރޭގައި އިތުރު ހަތަރު އެއާލައިނެއް ބަދަލުކުރަން ވަނީ ނިންމައިފައެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުންކަމަށް އެކުންފުނިން ބުނެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ އައު ޓާމިނަލުން އެޑުލްވެއިސް އެއާލައިންއަށް ހިދުމަތްދޭން ފަށައިފި ވިޔަފާރި | 4 ގަޑިއިރު ކުރިންއައު ޓާމިނަލުން ހިދުމަތްދޭންފެށި ބަންގްލަދޭޝްގެ ފުރަތަމަ އެއާލައިނަކަށް ޔޫއެސް ބަންގްލާ ވިޔަފާރި | 2 ދުވަސް ކުރިންީވީއައިއޭގެ ޓާމިނަލް 1 އިން ސިޗުއާން އެއަރލައިންސް އަށް ހިދުމަތް ދޭން ފަށައިފިވިޔަފާރި | 2 ދުވަސް ކުރިންއެމްއޭސީއެލްގެ މުވައްޒަފުންނަށް މިދިޔަ ތިން މަސް ތެރޭ 447 ތަމްރީން ޕްރޮގްރާމެއް ހިންގައިފިވިޔަފާރި | 8 ދުވަސް ކުރިން