logo
Bank of Maldives

Bank of Maldives

ވިޔަފާރި

އައު ޓާމިނަލުން ހިދުމަތްދޭންފެށި ބަންގްލަދޭޝްގެ ފުރަތަމަ އެއާލައިނަކަށް ޔޫއެސް ބަންގްލާ

އާމިނަތު ޝަފާ
2 ނޮވެމްބަރު 2025 - 12:45
އައު ޓާމިނަލުން ހިދުމަތްދޭންފެށި ބަންގްލަދޭޝްގެ ފުރަތަމަ އެއާލައިނަކަށް ޔޫއެސް ބަންގްލާ

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓްގެ އާ ފަސިންޖަރު ޓާމިނަލުން ބަންގްލަދޭޝްގެ ބަޖެޓް އެއާރލައިން ”ޔޫއެސް ބަންގްލާ“އަށް ހިދުމަތް ދޭން ފަށައިފިއެވެ.

ވީއައިއޭގެ އާ ޓާމިނަލް 1 އިން ޔޫއެސް ބަންގްލާއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު އެ ރަސްމިއްޔާތުގައި ޔޫއެސް ބަންގްލާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ހަދިޔާ ދީފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވީއައިއޭގެ އާ ޓާމިނަލްގެ އެއިރޯ ބޯޑިން ބްރިޖަށް ކައިރި ކުރި ޔޫއެސް ބަންގްލާގެ ފުރަތަމަ މަތިންދާބޯޓު، ބީއެސް 337 އަށް މަރުހަބާ ކިއުމުގެ ގޮތުން އެ ފްލައިޓަށް ހާއްސަ ވޯޓާރ ސެލިއުޓެއް އެމްއޭސީއެލުން ވަނީ އަރުވާފައެވެ.

ބަންގްލަދޭޝްގެ އަމިއްލަ އެންމެ ބޮޑު އެއާލައިން ކަމަށްވާ ޔޫއެސް-ބަންގްލާގެ ސީދާ ދަތުރުތައް ރާއްޖައަށް ފެށީ 2021 ވަނަ އަހަރުގެ ނޮވެމްބަރުމަހުގައެވެ.

ޔޫއެސް-ބަންގްލާ އެއާލައިނުން ރާއްޖެއާ ދެމެދު ދަތުރު ކުރުމަށް ބޭނުން ކުރާނީ ބޯއިން 737-800 ބޯޓުތަކެވެ. އެއީ 164 މީހުންގެ ޖާގައިގެ ބޯޓު ތަކެވެ.ޔޫއެސް-ބަންގްލާ އެއާލައިންގައި ޖުމުލަ 14 ބޯޓު އޮވެ އެވެ. އޭގެ ތެރޭގައި، ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ މަރުކާގެ ހަތަރު ބޯޓުގެ އިތުރުން އޭޓީއާރު 72-600އެސް މަރުކާގެ ހަތަރު ބޯޓު ވެސް ހިމެނެ އެވެ.

”ޔޫއެސް ބަންގްލާ“ އަކީ ވީއައިއޭގެ އާ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 20 ވަނަ އެއާލައިނެވެ.  

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނިންމައި ރަސްމީކޮށް ހުޅުވައިފިޚަބަރު | 6 ދުވަސް ކުރިންމިއީ ރާއްޖޭގެ އުތުރުގެ ތަރައްގީ ހާސިލް ކުރުމުގެ އެއް ކާމިޔާބީ: ރައީސްޚަބަރު | 6 ދުވަސް ކުރިންވީއައިއޭގެ އައު ޓާމިނަލުން އެޑުލްވެއިސް އެއާލައިންއަށް ހިދުމަތްދޭން ފަށައިފި ވިޔަފާރި | 11 ދުވަސް ކުރިންއައު ޓާމިނަލުން ހިދުމަތްދޭންފެށި ބަންގްލަދޭޝްގެ ފުރަތަމަ އެއާލައިނަކަށް ޔޫއެސް ބަންގްލާ ވިޔަފާރި | 13 ދުވަސް ކުރިން