logo
ލ. އޮޅުވެލި ކައިރިން ބޯޓެއް އަޑިއަށްގޮސް ގެއްލުނު މީހަކު ހޯދަނީBank of Maldives

Bank of Maldives

ޚަބަރު

ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
2 ނޮވެމްބަރު 2025 - 11:42
ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލާފައި
ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލާފައި

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން ހަރަކާތްތެރިވަމުން އަންނަކަމަށް މެރިން ޕޮލިހުންނާއި އެމްއެންޑީއެފުން ވެސް ބުނެފިއެވެ.

މެރިން ޕޮލިހުން ބުނިގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މާލޭ އެމްޕީއެލް އާއި ދިމާ ބޭރުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާގައި ތިން ފަޅުވެރިއަކު ސަލާމަތްކޮށް، ފަރުވާދިނުމަށް މިހާރު ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެކަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.

ފުލުހުން ބުނީ މިހާދިސާގެ މައުލޫމާތު އެ އިދާރާ އަށް ލިބުނީ މިއަދު 15:44 ހާއިރު ކަމަށެވެ.

16:58 - ހާދިސާގެ އަޕްޑޭޓް:

''މި ހާދިސާ ހިނގި އިރު، ބަންޑުންޖަހާލި ލޭންޑިންކްރާފްޓްގެ ތެރޭގައި މީހަކު ހުރި ކަމުގެ މަޢުލޫމާތު ލިބިގެން އެ މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން، އެ މީހާ ވަނީ ނަގާފައި'' އެމްއެންޑީއެފުން ބުންޏެވެ.

17:08 - ހާދިސާގެ އަޕްޑޭޓް:

ފުލުހުން ބުނީ މިހާތަނަށް 6 މީހަކު އައިޖީއެމްއެޗަށް ގެންދެވިފައިވާކަމަށެވެ. އެއިގެ ތެރޭގައި ހިމެނެނީ 2 ބިދޭސީންނާއި 4 ދިވެހިންކަމަށް ވެސް ފުލުހުން ބުންޏެވެ.

17:20- ހާދިސާގެ އަޕްޑޭޓް:

މިހާދިސާގައި މީހަކު ނިޔާވިކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ނުލިބޭކަމަށް ފުލުހުން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެއްޖެޚަބަރު | 5 މިނިޓު ކުރިންލ. އޮޅުވެލި ކައިރިން ބޯޓެއް އަޑިއަށްގޮސް ގެއްލުނު މީހަކު ހޯދަނީޚަބަރު | 3 ގަޑިއިރު ކުރިންފީނަން ގޮސް އުޅުނު ނޭޕާލް މީހެއް މަރުވެއްޖެޚަބަރު | ދުވަހެއް ކުރިންމިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އޮންލައިން ވިޔަފާރީގެ ސްކޭމްތައްޚަބަރު | 2 ދުވަސް ކުރިން