logo
Bank of Maldives

Bank of Maldives

ޚަބަރު

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލައިފި

އައިޝަތު ނަޝާ
15 ސެޕްޓެމްބަރު 2026 - 10:04
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. މާލެ ސަރަހައްދުގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވާ މި މަގާމަށް 29 މުވައްޒަފުން ނެގުމަށް ފުލުހުން ވަނީ އިއުލާނުކޮށްފައެވެ.

މި މަގާމުގެ މުސާރައަކީ މަހަކު 17,175.00 ރުފިޔާއެވެ. މަގާމުގެ މަސްއޫލިއްޔަތަކީ ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހެއްގެ ދައުރު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަގާމުގެ ޝަރުތުތައް:

  • ގްރޭޑް 10 ނިންމާފައިވުން
  • މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން
  • ފިރިހެނަކު ނަމަ އިސްކޮޅުގައި 5 ފޫޓު 3 އިންޗި، އަދި އަންހެނަކު ނަމަ 5 ފޫޓު ހަމަވުން
  • ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ޖިނާއީ ކުށެއް ސާބިތުވެފައިވާނަމަ އެ ހުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އަދަބު މައާފުކުރިތާ 3 އަހަރު ފުރިހަމަވެފައިވުން
  • ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ޝަރުއީ ކޯޓަކުން ރައްކާތެރިކަމުގެ އަމުރެއް ނެރެފައިވާ މީހަކު ކަމުގައި ނުވުން
  • ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުމާއި، އިންތިހާބީ މަގާމެއް އަދާކުރަމުންދާ މީހަކު ކަމުގައި ނުވުން
  • މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދައުވާއެއް އުފުލިފައިވާ ފަރާތަކަށް ނުވުން
  • ފުލުހުންގެ ތަމްރީނު ފުރިހަމަކުރެވޭ ފަދަ ސިއްހީ ގޮތުން ދުޅަހެޔޮ، އަހުލާގު ރަނގަޅު މީހަކު ކަމުގައިވުން

 

ވަޒީފާއަށް މީހުން ހޮވުމުގައި ފިޒިކަލް ފިޓްނަސް ޓެސްޓާއި، ފެތުމުގެ ޓެސްޓާއި، މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރާފް ޓެސްޓް، އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓް ކުރިއަށްގެންދެވޭނެ ކަމަށާއި، ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަންދެވޭނީ މި އެސެސްމަންޓްތަކުން އެންމެ މަތީ މާކްސް ހޯދާ ފަރާތްތަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ކުށުގެ ރެކޯޑު ބަލާ ފޯމު ފުލުހުންގެ ރަސްމީ ވެބްސައިޓުން (www.police.gov.mv) ލިބެން ހުންނާނެއެވެ.

  މި މަގާމަށް އެދޭ ފަރާތްތަކުން، ފުރިހަމަކޮށްފައިވާ ފޯމާއި ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ހުށަހެޅުމުގެ އެންމެ ފަހު ތާރިހަކީ، 2026 ސެޕްޓެމްބަރު 30 ވާ ބުދަ ދުވަހުގެ 16:00 އެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލައިފިޚަބަރު | 2 ގަޑިއިރު ކުރިންކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރި ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 8 ގަޑިއިރު ކުރިންބަނގުރާގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހަކު އަތުލައިގަނެފިޚަބަރު | 5 ދުވަސް ކުރިންކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތައް ހޯދަން ގާއިމުކުރި ހޮޓްލައިނަށް 65 މައްސަލައެއް ޚަބަރު | 6 ދުވަސް ކުރިން