logo
MPL

MPL

ޚަބަރު

ކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތައް ހޯދަން ގާއިމުކުރި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
9 ސެޕްޓެމްބަރު 2026 - 04:22
ކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތައް ހޯދަން ގާއިމުކުރި ހޮޓްލައިނަށް 65 މައްސަލައެއް

ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ފުލުހުން ގާއިމުކޮށްފައިވާ ހޮޓްލައިނަށް، ޓާސްކްފޯސްގެ މަސައްކަތްތަކާ ގުޅުންހުރި 65 މައްސަލައެއް އާންމުން ހުށަހަޅައިފިއެވެ.

ހުއްދަނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ޚާއްސަ ނަންބަރެއް ކަމަށްވާ 9388733 ހަމަޖެއްސީ މި މަހުގެ އެއް ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ބުނީ، ހޮޓްލައިން މެދުވެރިކޮށް ލިބުނު މައުލޫމާތުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީންނާއި ވިޔަފާރިތަކުގެ މައްސަލަތައް ހިމެނޭ ކަމަށެވެ. އެގޮތުން ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ބޭރުފައިސާގެ ވިޔަފާރިކުރާ 27 ބިދޭސީއަކާއި، ހުއްދަނެތި ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ 18 ތަނަކާއި، ބޮޑު އަގުގައި ބޭރުފައިސާ ގަނެވިއްކާ ހަތަރު ތަނެެއްގެ އިތުރުން މިފަދަ މުއާމަލާތްތައް ހިންގާ 16 އޮންލައިން ޕްލެޓްފޯމެއްގެ މައުލޫމާތު ހިމެނެއެވެ.

މި މައުލޫމާތުތަކާ ގުޅިގެން މިހާތަނަށް އެޅުނު ފިޔަވަޅުތަކުގެ ތެރެއިން އެއް ބިދޭސީއަކު މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވަނީ، "ރިޕޯޓްކޮށްފައިވާ އެހެން ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކޮށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތާއި ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުން" ކަމަށެވެ.

މި ފަހުން ވެސް ފުލުހުން ވަނީ ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރި ކުރާ ބިދޭސީންތަކެއް ހައްޔަރުކޮށް އެ މީހުންގެ ވަނަވަރު ހާމަކުރުމުގެ އިތުރުން، ބައެއް ތަންތަން ބަލައި ފާސްކޮށްފައެވެ. މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، ހުއްދަ ނުނަގައި ގަވައިދާ ޚިލާފަށް ފައިސާ އެކްސްޗޭންޖު ކުރަމުންދިޔަ ހަތް ފަރާތެއް ބެލިއިރު، ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި އެ ފަރާތްތަކުން 76 މިލިއަން ޑޮލަރު ކަޅުބާޒާރުގައި މާރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސީޕީ އަހްމަދު މުހައްމަދު އެންޑީއެމްއޭގެ އިސްވެރިންނާ ބައްދަލުކުރައްވައިފިޚަބަރު | 21 ގަޑިއިރު ކުރިންފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ހަމަޖައްސަވައިފިޚަބަރު | 2 ދުވަސް ކުރިންބަނގުރަލުގެ ބޮޑު ވިޔަފާރިއެއް ހުއްޓުވައި ދެ ބިދޭސީއަކު ޑީޕޯޓްކުރަން ނިންމައިފިޚަބަރު | 2 ދުވަސް ކުރިންތަކުރާރުކޮށް ނުރައްކާތެރިކޮށް އުޅަނދުދުއްވާ ފަރާތްތަކުގެ ވަނަވަރު އާންމުކުރަނީޚަބަރު | 3 ދުވަސް ކުރިން