logo
Bank of Maldives

Bank of Maldives

ޚަބަރު

"ޕޮލިސް ލައިފް" ގެ ހާއްސަ އަދަދު މިއަދު ނެރެފި

އައިޝަތު ނަޝާ
6 ސެޕްޓެމްބަރު 2026 - 13:14
 "ޕޮލިސް ލައިފް" ގެ ހާއްސަ އަދަދު މިއަދު ނެރެފި

ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާއަށްފަހު، "ޕޮލިސް ލައިފް - ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހާސަ އަދަދު" މިއަދު ނެރެފިއެވެ.

 މި މަޖައްލާ ނެރުމުގެ ގޮތުން، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ މި ޖަލްސާގެ ޝަރަފުވެރި މެހެމާން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ, ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނަށް މި އަދަދުގެ ކޮޕީއެއް އަރުވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން ޝާއިއުކުރި މި ހާއްސަ އަދަދުގައި ފުލުހުންގެ މަސައްކަތްތަކާއި، އާންމު ރައްކާތެރިކަމާއި، މުއައްސަސާގެ ކުރިއެރުމާއި ތަރައްގީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ތާރީހުގެ މައްޗަށް އަލިއަޅުވާލާފައިވާ މައުލޫމާތު ހިމަނާފައިވެއެވެ. މީގެއިތުރުން، މަގުމަތީގެ ރައްކާތެރިކަމާއި، ރާއްޖޭގެ ޑިޖިޓަލް ދާއިރާގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ހާއްސަ ލިޔުންތައްވެސް މި އަދަދުގައި ހިމެނެއެވެ..

ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާފައިވަނީ މިއަދު އިސްކަންދަރު ބިލްޑިންގގައެވެ. މި ޖަލްސާގައި ދިގު މުއްދަތަކަށް ފުލުހުންގެ މުއައްސަސާއަށް ޚިދުމަތްކޮށްދެއްވާފައިވާ ފުލުހުންނާއި އާންމު މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކޮށްފައިވެއެވެ. އެގޮތުން 20، 25، 30 އަދި 35 އަހަރު ފުލުހުންގެ ޚިދުމަތުގައި ހޭދަކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ވަނީ އަރުވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ޕޮލިސް ލައިފް" ގެ ހާއްސަ އަދަދު މިއަދު ނެރެފިޚަބަރު | 28 މިނިޓު ކުރިންޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން 25 އަންހެނަކު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަން ފަށައިފިޚަބަރު | ދުވަހެއް ކުރިންވަޒީރު އިޙްސާންއާއި ސީޕީއާއެކު ފުލުހުންގެ ބަދަހި ސަފުތައް ދައްކާލައިފިޚަބަރު | ދުވަހެއް ކުރިން