ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
5 ސެޕްޓެމްބަރު 2026 - 10:19

ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 42 އަހަރުގެ ބިދޭސީ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ 42 އަހަރުގެ ބިދޭސީ ފިރިހެން މީހާ ހަމަ އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

Ad by Hajj Corporation
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ފަހަކަށް އައިސް ރާއްޖޭގައި އިތުރުވަމުން އަންނައިރު، ފާއިތުވި ހަފުތާތަކުގައި ވެސް މިފަދަ ބައެއް މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު ރިޕޯޓުކުރި މައްސަލައަކާ ގުޅިގެން، ދެކުނުގެ ރަށެއްގައި އަމިއްލަ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކޮށް، ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ދިން ކަމުގެ ތުހުމަތުގައި ބައްޕައަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

-01.jpg&w=3840&q=75)
