logo
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުMPL

MPL

ޚަބަރު

ފުވައްމުލައް ކައިރިން މުދާ އުފުލާ ދޯންޏެއް ދިޔަވަމުންދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
21 އޮކްޓޯބަރު 2026 - 12:24
ފުވައްމުލައް ކައިރިން މުދާ އުފުލާ ދޯންޏެއް ދިޔަވަމުންދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި

ފުވައްމުލައް ސިޓީއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ސަޕްލައި ދޯންޏެއް ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުން އެ ސަރަޙައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ދިޔަވަމުންދަނީ "ރާސްތާ" ނަމަކަށް ކިޔާ މުދާ އުފުލާ ސަޕްލައި ދޯންޏެކެވެ. މި ދޯނި ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވަނީ ފުވައްމުލައް ސިޓީއާ ގާތްގަނޑަކަށް 12 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ވިދާޅުވި ގޮތުގައި، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 15:08 ހާއިރުއެވެ. މި އުޅަނދުގައި ހަތަރު ދިވެހިންނާއި ބިދޭސީއަކާއެކު ޖުމްލަ ފަސް މީހުން ދަތުރުކުރަމުންދިޔަ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

އެ އުޅަނދަށާއި އުޅަނދުގައި ތިބި މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލައް ކައިރިން މުދާ އުފުލާ ދޯންޏެއް ދިޔަވަމުންދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކި އިންޑިއާ އަދި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފިޚަބަރު | 20 ގަޑިއިރު ކުރިންޗައިނާއިން 880 ސޯލާ މަގު ބައްތި ހަދިޔާކޮށްފިޚަބަރު | ދުވަހެއް ކުރިންހަފްތާއެއްގެ ތެރޭގައި ސްކޭމްގެ 38 މައްސަލަ، ގެއްލުނު ފައިސާ 3.8 ލައްކައަށްވުރެ މަތީގައިޚަބަރު | ދުވަހެއް ކުރިން