ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކި އިންޑިއާ އަދި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި
20 އޮކްޓޯބަރު 2026 - 17:40

ދިވެހިރާއްޖޭގައި ހުއްދަނެތި އަދި ބޮޑުއަގުގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީ ދެ މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން 2026 އޮކްޓޫބަރު 20 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ޕްރަދީޕް ޗޯލަކޮޓިލް ސަންކަރަނާޔަނަން އަދި ބަންގްލަދޭޝަށް ނިސްބަތްވާ މުޙައްމަދު ރަސެލް މިއާ އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ކުރިއަށް ގެންދާއިރު، އެ ދެ މީހުންނާ މެދު އަޅާނެ ގާނޫނީ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ފުލުހުން މަޢުލޫމާތު ދެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ. އެގޮތުން މިފަދަ މައްސަލަތައް ތަހުގީގުކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް އެސްއެމްއެސް، ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް މައުލޫމާތު ފޮނުވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
މިފަދަ މައްސަލަތަކުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

-01.jpg&w=3840&q=75)
