logo
MPL

MPL

ޚަބަރު

ހަފްތާއެއްގެ ތެރޭގައި ސްކޭމްގެ 38 މައްސަލަ، ގެއްލުނު ފައިސާ 3.8 ލައްކައަށްވުރެ މަތީގައި

އައިޝަތު އިނާޝާ
20 އޮކްޓޯބަރު 2026 - 04:55
ހަފްތާއެއްގެ ތެރޭގައި ސްކޭމްގެ 38 މައްސަލަ، ގެއްލުނު ފައިސާ 3.8 ލައްކައަށްވުރެ މަތީގައި

ފާއިތުވި ސެޕްޓެމްބަރު މަހުގެ 11 އިން 17 ގެ ނިޔަލަށް މަކަރާއި ހީލަތުގެ (ސްކޭމް) 38 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މި މުއްދަތުގެ ތެރޭގައި ހުށަހެޅުނު މައްސަލަތަކުގައި ހިމެނޭ ފައިސާގެ ޖުމްލަ އަދަދު 387,881.10 (ތިން ލައްކަ އަށްޑިހަ ހަތް ހާސް އަށްސަތޭކަ އަށްޑިހަ އެކެއް) ރުފިޔާއަށް އަރައެވެ. ނަމަވެސް، ފުލުހުން ކުރި މަސައްކަތުން މީގެ ތެރެއިން 208,708.20 (ދެ ލައްކަ އަށް ހާސް ހަތްސަތޭކަ އަށް) ރުފިޔާ ވަނީ ހޯދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ތަފާތު ވަސީލަތްތައް ބޭނުންކޮށްފައިވާކަން ފުލުހުންގެ މައުލޫމާތުން އެނގެއެވެ. އެގޮތުން މެސެޖިންގ އެޕްސް، އައިބޭ، ޓިކްޓޮކް، ފޯނު ކޯލު، ފިޝިންގ ލިންކް، އަދި ފޭސްބުކް މާރކެޓްޕްލޭސް ހިމެނެއެވެ.

ހުށަހެޅުނު މައްސަލަތަކުގެ ބާވަތްތަކަށް ބަލާއިރު:

އީ - ކޮމާރސް: 16

ފައިސާ މާރުކުރުން: 10 މައްސަލަ

ބޭންކިންގ ކެންސަލޭޝަން އަދި ރިފަންޑްސްކޭމް: 5 މައްސަލަ

އިންވެސްޓްމަންޓް: 2 މައްސަލަ

އެހެނިހެން: 5 މައްސަލަ

ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާތީ، އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރުމުގައާއި، އަމިއްލަ މައުލޫމާތާއި ބޭންކިންގ ތަފްސީލުތައް އެހެން ފަރާތްތަކާ ހިއްސާކުރުމުގައި އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަފްތާއެއްގެ ތެރޭގައި ސްކޭމްގެ 38 މައްސަލަ، ގެއްލުނު ފައިސާ 3.8 ލައްކައަށްވުރެ މަތީގައިޚަބަރު | ގަޑިއިރެއް ކުރިންސައިބަރ ކުށްތައް ދެގުނައަށް އިތުރުވެއްޖެ، ގިނައީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ މައްސަލަތައް: ސީޕީ ޚަބަރު | 2 ދުވަސް ކުރިންފުލުހުންގެ ސަފުތަކާ އަލަށް ގުޅުނު 133 ފުލުހަކު ހުވާކޮށް އިގުރާރުގައި ސޮއިކޮށްފިޚަބަރު | 2 ދުވަސް ކުރިންގދ. އަތޮޅު ތިން ރަށެއްގެ ސުކޫލެއްގެ ދަރިވަރުންނަށް ޓްރެފިކް މޮނީޓާސް ޕްރޮގްރާމެއް ޚަބަރު | 2 ދުވަސް ކުރިން