ވަޒީރު އިޙްސާންއާއި ސީޕީއާއެކު 1،000 އަށްވުރެ ގިނަ ފުލުހުންގެ ބަދަހި ސަފުތައް ދައްކާލައިފި
5 ސެޕްޓެމްބަރު 2026 - 07:43

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި އެކުވެރިކަމުގެ ހާއްސަ ހިނގާލުން، ވެރިރަށް މާލެއާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
މި ހިނގާލުމުގައި ހޯމް މިނިސްޓަރާއި ފުލުހުންގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

Ad by Hajj Corporation
މާލެ އޭރިއާގެ ފުލުހުން ބައިވެރިވި ހިނގާލުން މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުން ފަށައިގެން ކުރިއަށް ގެންގޮސްފައިވަނީ މާލެ ވަށައިގެންނެވެ. މި ހިނގާލުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން އެކި ރޭންކުތަކުގެ ފުލުހުންނާއި އާންމު މުވައްޒަފުން ހިމެނޭހެން 1،000 އަށްވުރެ ގިނަ ފަރާތްތަކުން މި ހަރަކާތުގައި ބައިވެރިވިއިރު، ރަށްރަށުގައި ކުރިއަށްދިޔަ ހިނގާލުންތަކުގައިވެސް އެ ރަށްރަށުގެ ފުލުހުންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މި ހިނގާލުމަކީ 1 ސެޕްޓެމްބަރު 2004 އިން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ފުލުހުންގެ ބަދަހި ސަފުތައް ދައްކުވައިދިނުމަށް ބޭއްވި ހަރަކާތެކެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން އިތުރު ހަރަކާތްތަކެއްވެސް ވަނީ ރޭވިފައެވެ. އެގޮތުން ކުޑަކުދިންނަށް ހާއްސަ ހަވީރެއް މިއަދު ހަވީރު ސޯޝަލް ސެންޓަރު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިރޭ ސޯޝަލް ސެންޓަރުގައި “ޕޮލިސް ފެމިލީ ނައިޓް” ވެސް ކުރިއަށްދާނެއެވެ.

-01.jpg&w=3840&q=75)
