logo
MPL

MPL

ޚަބަރު

މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ލަންދޫ މީހެއްގެ ބަންދަަށް 30 ދުވަސް

އައިޝަތު ނަޝާއައިޝަތު ނަޝާ
4 ސެޕްޓެމްބަރު 2026 - 13:31
މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ލަންދޫ މީހެއްގެ ބަންދަަށް 30 ދުވަސް

ދިރިއުޅޭ ގޭގެ ކޮޓަރިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބައެއް ތަކެތި ފެނުނު މައްސަލައެއްގައި ނ.ލަންދޫން މީހަކު ހައްޔަރުކޮށްފިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ނ.ލަންދޫ ޝިފާ، ޙުސައިން ސަލާމް އަޙްމަދު މުމްތާޒު (24 އަހަރު) އެވެ. މީނާ ދިރިއުޅޭ ގެ އިއްޔެގެ ވަގުތެއްގައި ފުލުހުން ބަލާފާސްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެގޮތުން މި ގެ ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 3 ކަރުދާސްކޮޅާއި 3 ރަބަރު ޕެކެޓް ވަނީ ފެނިފައެވެ.

މީނާ އަކީ ލަންދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ މީހެއް ކަމަށް އެރަށު މީހުން ތުޙުމަތު ކުރެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް މީނާ ގެންދިޔަ އިރު، މީނާ ހުރީ މީނާގެ މައްޗަށް އުފުލުނު ދެ ދައުވާއަކާ ގުޅިގެން ގޭ ބަންދުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މީނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަަށް ހާޟިރުކުރުމުން މީނާ 30 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޮށި އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެޚަބަރު | ދުވަހެއް ކުރިންކަޅު ބާޒާރުގައި ބޭރު ފައިސާ މާރުކުރި ބަންގްލަދޭޝްގެ 3 މީހަކު އަތުލައިގެންފިޚަބަރު | ދުވަހެއް ކުރިންމާލޭގެ އެޕާޓްމަންޓަކަށް ވަދެ ވަޅިން ބިރުދައްކައި ފައިސާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންމަގުމަތީގެ ބިރުވެރިކަން ނައްތާލަން ފުލުހުން ފެށި މަސައްކަތް: ނުރައްކާތެރިކޮށް ދުއްވި އިތުރު 4 މީހަކު ހާޒިރުކޮށްފިޚަބަރު | 2 ދުވަސް ކުރިން