logo
MPL

MPL

ޚަބަރު

17 ކިލޯ ޑްރަގާއެކު ޑްރަގް ވިޔަފާރީގެ ދެ ބޮޑުން ހައްޔަރުކޮށް އޮޕަރޭޝަން ކުރިއަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
4 ސެޕްޓެމްބަރު 2026 - 01:30
17 ކިލޯ ޑްރަގާއި އެކު ހައްޔަރުކުރި ދެ މީހުން، ފޮޓޯ: ޕޮލިސް
17 ކިލޯ ޑްރަގާއި އެކު ހައްޔަރުކުރި ދެ މީހުން، ފޮޓޯ: ޕޮލިސް

މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، 17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ގއ. މާމެންދޫން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނަކީ މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި 2026 ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޕަރ ސައުތު ޕޮލިސްގެ ގއ. އަތޮޅު ޕޮލިސް އާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން 2026 ސެޕްޓެމްބަރު 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން މި އޮޕަރޭޝަނުގައި މާމެންދޫގެ ދެ ގެއެއް ވަނީ ބަލައިފާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (29އ) އާއި ގއ. މާމެންދޫ / ރޯޝަނީގެ، ރިޝްފާން ރާމިޒު (29އ) އެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި ދެމީހުންނަކީވެސް މި މަސްތުވާތަކެތީގެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެމީހުންނެވެ.

ފާސްކުރި ދެ ގެއިން ވަގުތީ ބަރުދަނުގައި 17.7 ކިލޯ ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ވަނީ ފެނިފައެވެ. އަދި ހައްޔަރުކުރެވުނު ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެމީހުންގެ ބަންދަށް ވަނީ 5 ދުވަސް ދީފައެވެ.

މި އޮޕަރޭޝަނުގެ ތެރެއިން އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދަނީ އަޕަރ ސައުތު ޕޮލިސް އާއި ޑްރަގް އެންފޯސްމެންޓް ގުޅިގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

17 ކިލޯ ޑްރަގާއެކު ޑްރަގް ވިޔަފާރީގެ ދެ ބޮޑުން ހައްޔަރުކޮށް އޮޕަރޭޝަން ކުރިއަށްޚަބަރު | ގަޑިއިރެއް ކުރިންދަރިފުޅަށް ޖިންސީ ގޯނާ އާއި ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރި ބައްޕައަކު ހައްޔަރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިން ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް މާލޭ ޕޮލިހުން ނުކުމެ ހާއްސަ ހަރަކާތްތަކެއް ހިންގައިފިޚަބަރު | 9 ގަޑިއިރު ކުރިންޢީޝާ އަޝްރަފް ހިމެނޭހެން މަސްތުވާތަކެއްޗާއެކު މާލެއިން ތިން މީހަކު ހައްޔަރުކޮށްފިޚަބަރު | 12 ގަޑިއިރު ކުރިން