ދަރިފުޅަށް ޖިންސީ ގޯނާކުރުމުގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި ބައްޕައަކު ހައްޔަރުކޮށްފި
4 ސެޕްޓެމްބަރު 2026 - 01:24

ދެކުނުގެ ރަށެއްގައި 13 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކޮށް، ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ދިން ކަމުގެ ތުހުމަތުގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އަނިޔާ ލިބުނު ކުއްޖާގެ ބައްޕައެވެ.

Ad by Hajj Corporation
ފުލުހުން ވިދާޅުވީ، އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 އޮގަސްޓް 31 ގައެވެ. މި މައްސަލައިގެ ތުހުމަތުގައި 41 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ 2026 ސެޕްޓެންބަރު 3 ވަނަ ދުވަހުއެވެ.
މި ހާދިސާއާ ގުޅިގެން ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ތުހުމަތުކުރެވޭ މީހާ ދިރިއުޅޭ ގޭ ކައިރިއަށް އެއްވެ އަޑުއުފުލައި ނުރުހުން ފާޅުކޮށްފައެވެ. އާންމުން އެއްވެ އަޑުގަދަކުރަމުން ދަނިކޮށް، ފުލުހުން އެ ސަރަހައްދަށް ގޮސް އިއްޔެ ހަވީރު 4:30 ހާއިރު ވަނީ ތުހުމަތުވާ މީހާ އެ ގެއިން ނެރެގެން ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައެވެ. މި މަންޒަރުތައް ފެންނަ ވީޑިއޯތައް އެ ރަށުގެ ކޮމިއުނިޓީ ގްރޫޕްތަކުގައިވެސް ވަނީ ދައުރުވެފައެވެ.
ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ. ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ޖިންސީ ކުށުގެ 174 މައްސަލައެއް ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

-01.jpg&w=3840&q=75)
