ޢީޝާ އަޝްރަފް ހިމެނޭހެން މަސްތުވާތަކެއްޗާއެކު މާލެއިން ތިން މީހަކު ހައްޔަރުކޮށްފި
3 ސެޕްޓެމްބަރު 2026 - 14:00

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Ad by Hajj Corporation
ފުލުހުން މައުލޫމާތު އާންމުކުރެއްވި ގޮތުގައި މި މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކަކީ އުމުރުން 21 އަހަރުގެ އަންހެންކުއްޖެއެވެ. އެއީ ތ. ތިމަރަފުށި / ވިލާ، މަރްޔަމް ޢިޝާ އަޝްރަފް އެވެ.
މި މައްސަލައާ ގުޅިގެން ދެން ހައްޔަރުކޮށްފައިވަނީ ކ. ހުރާ / ސާނީވިލާ، ޙުސައިން ޝާވިން (26އ) އަދި ސ. ހުޅުދޫ / ރޭޝަމް، މުޙައްމަދު ނާހިލް (25އ) އެވެ.
މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މި ހިނގާ މަހުގެ 2 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކުރުމަށްފަހު، މާފަންނު ގެއެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާ ފެނިފައިވެއެވެ. އޭގެ ތެރޭގައި 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި، މަސްތުވާތަކެތި އެކުލެވިގެންވާ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވަރ އަދި ބަނގުރާ ފުޅިއެއް ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙުސައިން ޝާވިން އަދި ޢިޝާ އަޝްރަފް 15 ދުވަހަށް އަދި މުޙައްމަދު ނާހިލް 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުންގެ އިދާރާއިން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް މައުލޫމާތު ދީފައިވެއެވެ.

-01.jpg&w=3840&q=75)
