logo
Bank of Maldives

Bank of Maldives

ޚަބަރު

އެކްސިޑެންޓުގައި އަނިޔާވި ބައްޕަގެ ސިކުނޑިއަށް ލޭއެޅިގެން ބޮލުގެ އޮޕަރޭޝަނެއް ކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
2 ސެޕްޓެމްބަރު 2026 - 04:26
އެކްސިޑެންޓުގައި އަނިޔާވި ބައްޕަގެ ސިކުނޑިއަށް ލޭއެޅިގެން ބޮލުގެ އޮޕަރޭޝަނެއް ކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބައްޕައަކާއި ދަރިއަކަށް އަނިޔާވެ، އޭގެ ތެރެއިން ބައްޕަގެ ހާލު ސީރިއަސްވެގެން ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރުއަނގޮޅީގައެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ހެނދުނު 7:44 ހާއިރުއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އުމުރުން 62 އަހަރުގެ ފިރިހެނަކަށާއި، ސައިކަލް ފަހަތުގައި އިން އޭނާގެ ދަރިފުޅު، އުމުރުން 24 އަހަރުގެ ފިރިހެނަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަނިޔާވި މީހުންގެ ތެރެއިން އުމުރުން 62 އަހަރުގެ މީހާއަށް މިހާރު ފަރުވާދެމުން އަންނަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ. އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، އޭނާގެ ސިކުނޑީގެ ކަނާތް ފަރާތަށް ލޭއެޅިފައިވާތީ ބޮލުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ.

"އަދި މިހާރު އޭނާ އަށް ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންނެވެ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފަވެއެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިފަދަ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވިނަރެސް ހަތެއް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން ނުވަ އަހަރުގެ ޒީވާ ސިނާން އަހުމަދު ވެސް ވަނީ ރޭ ފަތިހު ނިޔާވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަނގުރާގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހަކު އަތުލައިގަނެފިޚަބަރު | 4 ދުވަސް ކުރިންކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތައް ހޯދަން ގާއިމުކުރި ހޮޓްލައިނަށް 65 މައްސަލައެއް ޚަބަރު | 5 ދުވަސް ކުރިންތިން ވުޒާރާގައި ރޯވި މައްސަލާގެ ތަހުޤީޤަށް މައުލޫމާތު ދިނުމަށް ރައީސް ޔާމީން އުޒުރުވެރި ވެއްޖެޚަބަރު | 6 ދުވަސް ކުރިންހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ހިންގާ ސްކޭމްތަކަށް ސަމާލުވާން އެދެފިޚަބަރު | 6 ދުވަސް ކުރިން