logo
E-Platinum
ޚަބަރު

ޖަލަށް މަނާ ތަކެތި ވެއްދި މައްސަލައިގައި ފަސް އޮފިސަރެއްގެ މައްޗަށް ދައުވާކޮށްފި

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
23 އޯގަސްޓު 2024 - 11:07
މާފުށީ ޖަލު
މާފުށީ ޖަލު

ޖަލުތަކުގައި ތިބޭ ގައިދީންނަށް މަސްތުވާތަކެއްޗާއި ފޯނާއި އެހެނިހެން ތަކެތި ވެއްދި މައްސަލައިގައި ފަސް އޮފިސަރެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އޮފީހުން ބުނީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން އެ ސަރވިސްގެ ވަޒީފާގައި ތިބެ، ޤާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބުތަކާއި ޚިލާފުވެ، އަދާކުރި ވަޒީފާގައި ހިންގާ ހުއްދަނޫން ކަންކަމުން މާލީ މަންފާ ހޯދައި، ވަޒީފާއާއި ނުބައްދަލު ފައިސާގެ މުއާމަލާތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤެއް ފަށައި ހުށަހެޅި މައްސަލައިގައި ފަސް އޮފިސަރުންނަށް ދައުވާ ކުރަން ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ދައުވާ ކުރަން ހުށަހަޅާފައިވަނީ ރ. އިނގުރައިދޫ، އައިވަރީހައުސް، ޖިނާހް އަބްދުއްރަހީމް، ކ. މާފުށި، ބީޗްހައުސް، އަލީ ހިޝާމް، ހދ. ނޭކުރެންދޫ، ތަރާނާގެ، އަލީ ނާޒިމް، ގއ. ވިލިނގިލި، ކުއްޅަވައްގެ، މުހައްމަދު ފަތޫހު ފަތުހުﷲގެ އިތުރުން ނ. ލަންދޫ، ކާމިނީގެ، އަލި އަސްފާޤްގެ މައްޗަށެވެ.

މި ފަސް އޮފިސަރުންގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ނުޙައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ދައުވާ ކޮށްފައެވެ.

ޕީޖީން ބުނީ އެ މައްސަލައިގައި ހިމެނޭ އިތުރު މީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް މިވަގުތު ހެކި ގަރީނާ ލިބިފައިނުވާތީ މިވަގުތަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ. މިމައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ އިތުރު ބައިތަކުގެ ތަހުގީގު ނިމުމުން ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީއަކު މަރުވެއްޖެޚަބަރު | 5 މަސް ކުރިންއެއްވެސް ގައިދީއަކަށް އިނާޔަތެއް އުންޏެއް ނުކުރަން: ކަރެކްޝަންޚަބަރު | 6 މަސް ކުރިންމާފުށީ ޖަލުގައި ދަންޖެހުނު ގައިދީގެ އޮޓޮޕްސީ ހެދުމަށް ބޭރަށް ފޮނުވައިފިޚަބަރު | 10 މަސް ކުރިންކުޑަ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ޖަލަށްލި މީހަކު، ދަންޖެހިގެން މަރުވެއްޖެޚަބަރު | 10 މަސް ކުރިން