ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީއަކު މަރުވެއްޖެ
.jpg&w=3840&q=75)

12 ފެބްރުއަރީ 2025 - 15:10
މާފުށީ ޖަލުގައި މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ނައިޖީރިއާގެ ރައްޔިތެއްކަމުގައިވާ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ (35 އަހަރު) މިއަދު މަރުވެއްޖެއެވެ.
ކަރެކްޝަނުން ބުނީ މިއަދު ހަވީރު އެ މީހާ ޔާޑުގައި އެހެން މީހުންނާއެކު ކުޅެން ހުއްޓާ ކުއްލިއަކަށް ވެއްޓުމުން، ވަގުތުން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް އަވަސް ފަރުވާ ދިނުމަށްފަހު، ހަތަރު މިނެޓް ތެރޭ މާފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށެވެ.
ޑޮކްޓަރު، އެމީހާ މަރުވި ކަމަށް ކަނޑައަޅާފައި ވަނީ 17:20 ހާއިރު ކަމަށެވެ.
އޭނާ އަކީ ރާއްޖެއަށް މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުން ކުރުމާއި ވިޔަފާރި ކުރުމުގެ މައްސަލަ އެއްގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުރި މީހެއް ކަމަށާއި އަދި އެ މީހާ އަކީ އެއްވެސް ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ފަރާތެއް ނޫން ކަމަށް ވެސް ކަރެކްޝަނުން ބުންޏެވެ.
އިތުރު ލިޔުންތައް

ޖަލަށް މަނާ ތަކެތި ވެއްދި މައްސަލައިގައި ފަސް އޮފިސަރެއްގެ މައްޗަށް ދައުވާކޮށްފި
10 މަސް ކުރިން
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ޖަލަށްލި މީހަކު، ދަންޖެހިގެން މަރުވެއްޖެ
9 މަސް ކުރިން
މާފުށީ ޖަލުގައި ދަންޖެހުނު ގައިދީގެ އޮޓޮޕްސީ ހެދުމަށް ބޭރަށް ފޮނުވައިފި
9 މަސް ކުރިން.jpg&w=3840&q=75)