އެއްވެސް ގައިދީއަކަށް އިނާޔަތެއް އުންޏެއް ނުކުރަން: ކަރެކްޝަން
9 ޖެނުއަރީ 2025 - 11:06
.jpg&w=1920&q=75)
އެއްވެސް ގައިދީއަކަށް އިނާޔަތް އުނި ނުކުރާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.
ކަރެކްޝަންއިން މިހެން ބުނެފައިވަނީ މާފުށީ ޖަލުގެ ބައެއް ގައިދީން ބަނޑުހައިހޫނުކަމުގެ ހަރުތާލެއެއް ފަށައިފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން ކަރެކްޝަނުން ބުނީ ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ބައެއް އުޞޫލުތަކަށް ބަދަލުގެނެވުނު ނަމަވެސް، އެ ސާވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުންނަށް ލިބެންޖެހޭ އެއްވެސް އަސާސީ ޢިނާޔަތެއް، ޚިދުމަތެއް އުނިކުރެވިފައިނުވާކަމެވެ.
އަދި އެ ސާވިސްއިން ފޯރުކޮށްދޭ ކާބޯތަކެތި ގައީދީން ބައެއް ފަހަރު ނުނެގި ނަމަވެސް، ވިޔަފާރި އުޞޫލުން ގަނެފައިވާ ތަކެތި ބޭނުން ކުރަމުންދާކަމަށެވެ. އަދި އެއްވެސް ކަމަކާ ގުޅިގެން އެއްވެސް ބަންދުމީހެއްގެ ސިއްޙީ ހާލަތު ގޯސްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ވަކި ޚާއްސަ ފަރުވާ ދެވިފައިވާ ނުވާ ކަމަށެވެ.
މި ހަޅުތާލުފެށުނީ ކޮން ސަބަބަކާއި ގުޅިގެންކަމެއްް އަދި ނޭނގެއެވެ.