logo
Bank of Maldives

Bank of Maldives

ޚަބަރު

މާލީ ގޮތުން ދަތި ހާލުގައި ދިރިއުޅޭ ގައިދީންގެ 10 އާއިލާއަކަށް އެމްސީއެސްއިން އެހީތެރިކަން ފޯރުކޮށްދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
9 އޭޕްރީލު 2025 - 07:44
މާލީ ގޮތުން ދަތި ގައިދީންގެ 10 އާއިލާއަކަށް އެމްސީއެސް ގެ އެހީ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނާއި ބަންދު މީހުންގެ އާއިލާތަކުގެ ތެރެއިން މާލީ ގޮތުން ދަތި ހާލުގައި ދިރިއުޅެމުންދާ 10 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި އެހީއަކީ މި އަހަރުގެ ރަމަޟާން މަހާ ގުޅުވައިގެން އެފަރާތްތަކަށް އެހީވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި މުވައްޒަފުން އެއްކުރި ފައިސާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްސީއެސްއިން މިއަދު ބުނެފައިވާ ގޮތުގައި، ކޮންމެ އާއިލާއަކަށް 2،220 ރުފިޔާގެ މަގުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޖަލުގައި ތިބޭ ގައިދީންނާއި ބަންދުމީހުންގެ އާއިލާތަކުގެ ތެރެއިން މާލީގޮތުން ފުދުންތެރިކަން ދަތި އާއިލާތަކަށް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ ފަރާތުން ވެދެވެންހުރި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެމްސީއެސްއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ރޯދަ މަހުގެ ހާއްސަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ ދަށުން 40 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކުރިއެވެ. ނަމަވެސް މި ޕްރޮގްރާމަށް އެދި ފޯމް ހުށަހަޅާފައިވަނީ ޖުމްލަ 21 އާއިލާއިންނެވެ. އޭގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުތުތައް ހަމަވެފައިވަނީ ޖުމްލަ 10 ޢާއިލާއެވެ.

އެމްސީއެސްއިން ކަނޑައެޅި ޝަރުތުތަކުގެ ތެރޭގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގެންދާތާ މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވުމާއި، 18 އަހަރު ނުފުރޭ ކުދިން ތިބުމާއި، އާމްދަނީ ލިބޭ މިންވަރު ހިމެނެއެވެ.

މި އެހީތެރިކަމަކީ ރަމަޟާން މަހުގެ ބަރަކާތްތެރިކަމާއެކު، ގައިދީންގެ އާއިލާތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް އެމްސީއެސްއިން އުންމީދުކުރާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި މުސްތަޤުބަލުގައި ވެސް މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްސީއެސްއިން މަސައްކަތްކުރާނެ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޒީފާގައި ދެމިތިބޭހާ ހިނދަކު ނަޒާހަތްތެރިކަން ދެމެހެއްޓުންމުޙިއްމު: ސީޕީޚަބަރު | 3 މަސް ކުރިންޙުކުމް ތަންފީޛުކުރަމުންދާ ކުދިންނަށް އަމާޒުކޮށް އުނގެނެމާގެ ނަމުގަ ޕްރޮގްރާމެއް ފަށައިފިޚަބަރު | 3 މަސް ކުރިން20 އަހަރު ފަހުން ޤައިދީންގެ އެލަވަންސް ބޮޑުކޮށްފި ޚަބަރު | 4 މަސް ކުރިންދަތި ހާލުގައި އުޅޭ ގައިދީންގެ އާއިލާތަކަށް އެހީވަނީ ޚަބަރު | 5 މަސް ކުރިން