logo
Bank of Maldives

Bank of Maldives

ޚަބަރު

ޙުކުމް ތަންފީޛުކުރަމުންދާ ކުދިންނަށް އަމާޒުކޮށް އުނގެނެމާގެ ނަމުގަ ޕްރޮގްރާމެއް ފަށައިފި

އާމިނަތު ޝަފާ
31 އޯގަސްޓު 2025 - 13:39
ޙުކުމް ތަންފީޛުކުރަމުންދާ ކުދިންނަށް އަމާޒުކޮށް އުނގެނެމާގެ  ނަމުގަ ޕްރޮގްރާމެއް ފަށައިފި

އައްސޭރި ޖަލުގައި ހުންނަ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގައި ޙުކުމް ތަންފީޛުކުރަމުންދާ ކުދިންނާއި ބަންދު ކޮށްފައިވާ ކުދިންނަށް އަމާޒު ކޮށްގެން 'އުނގެނެމާ' ނަމުގަ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 25 އޮގަސްޓް 2025 އިން 20 ސެޕްޓެމްބަރ 2025އާ ހަމައަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

'އުނގެނެމާ' ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ހަތަރު ކުޑަކުދިންނެވެ. މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ޤާނޫނާއި ޤަވާއިދާއި ނަފުސާނީ ދުޅަހެޔޮކަމާއި ޕަރސަނަލް ޑިވޮލޮޕްމަންޓް ކްލާސްތަކާއި ނަމާދާ ބެހޭ ވޯކްޝޮޕް އަދި ހަތަރި ދީނީ ދަރުސް ކުރިއަށް ގެންދާނެއެވެ.

މި ޕްރޮގުރާމުގެ މައިގަނޑު މަޤްޞަދުތަކަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ހިތްތަކުގައި އިސްލާމް ދީނަށް ލޯބި އުފެއްދުމާއި، އިސްލާމްދީނުގެ އަސާސީ މަޢުލޫމާތު ފޯރުކޮށްދީ، މި ދީނުގެ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރާ ބަޔަކަށް ހެދުމެވެ.

އަދި ނަފުސާނީ ގޮތުން ހޭލުންތެރިކަން އިތުރުކޮށް، އަމިއްލަ ނަފްސު ދެނެގަނެ ބަލައިގަންނާނެ ގޮތް ބުނެދިނުމާއިއެކު، ތަފާތު ތިޔަރީތަކުގެ އަލީގައި އަމިއްލަ ނަފުސަށް ކުރާ އިތުބާރު އިތުރުކޮށް، ޙުކުމް ތަންފީޛުކުރަމުންދާ ނުވަތަ ބަންދު ކޮށްފައިވާ ކުދިންނަކީ މުޖުތަމަޢުން އެކަހެރިކޮށްފައިވާ ބައެއް ނޫންކަން އެކުދިންނަށް އިޙްސާސްކޮށްދިނުމެވެ.

މީގެ އިތުރުން ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކަށް ކެތްތެރިކަމާއެކު ކުރިމަތިލުމުގެ ޤާބިލުކަން އުފެއްދުމާއި އެނގެންޖެހޭ ޤާނޫނާއި ޤަވާއިދުތައް ބުނެދީ، ކުދީންގެ އަޚްލާޤާއި ސުލޫކަށް އެދެވޭ ބަދަލުތަކެއް ގެނެސް، ޤާނުނާއި ޤަވާއިދުތަކަށް ބޯލަނބާ ބަޔަކަށް ހެދުމަށް ބާރުއެޅުމަކީވެސް މި ޕްރޮގްރާމުގެ ބޭނުމެކެވެ.

އަދި މި ކުދިންނަކީ މުޖުތަމަޢަށް އަނބުރާ ނުކުންނައިރު، ދީނީ ގޮތުން އެކަށީގެންވާ މަޢުލޫމާތު ލިބި، އަމިއްލަ ނަފުސަށް އިތުބާރު ކުރާ މުޖުތަމަޢު ޤަބޫލުކުރާ، ނަފުސާނީ ގޮތުން ހޭލުންތެރި، ޤާނޫނާއި ޤަވާއިދުތަކަށް ބޯލަނބައި އަދި ކުށުގެ ވެށިން ދުރުހެލިވެފައިވާ ބަޔަކަށް ހެދުމަކީވެސް މި ޕްރޮގްރާމުގެ މަގްސަދެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް ޞަބާޙްޚަބަރު | 2 ގަޑިއިރު ކުރިންވަޒީފާގައި ދެމިތިބޭހާ ހިނދަކު ނަޒާހަތްތެރިކަން ދެމެހެއްޓުންމުޙިއްމު: ސީޕީޚަބަރު | 3 މަސް ކުރިންޙުކުމް ތަންފީޛުކުރަމުންދާ ކުދިންނަށް އަމާޒުކޮށް އުނގެނެމާގެ ނަމުގަ ޕްރޮގްރާމެއް ފަށައިފިޚަބަރު | 3 މަސް ކުރިން20 އަހަރު ފަހުން ޤައިދީންގެ އެލަވަންސް ބޮޑުކޮށްފި ޚަބަރު | 4 މަސް ކުރިން