logo
Bank of Maldives

Bank of Maldives

ޚަބަރު

ވަޒީފާގައި ދެމިތިބޭހާ ހިނދަކު ނަޒާހަތްތެރިކަން ދެމެހެއްޓުން މުޙިއްމު: ސީޕީ

އައިމިނަތު މޫސާ
8 ސެޕްޓެމްބަރު 2025 - 15:33
ވަޒީފާގައި ދެމިތިބޭހާ ހިނދަކު ނަޒާހަތްތެރިކަން ދެމެހެއްޓުންމުޙިއްމު: ސީޕީ

ވަޒީފާގައި ދެމިތިބޭހާ ހިނދަކު ނަޒާހަތްތެރިކަން ދެމެހެއްޓުން މުޙިއްމުކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން “ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ” ޕްރޮގްރަމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ދެއްކެވި ވާހަކާފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކަރެކްޝަނަލް އޮފިސަރުންގެ ބޭސިކް ޓްރެއިނިން ކޯސް ފުރިހަމަ ކުރި އޮފިސަރުންނާ މުޚާތަބު ކުރައްވައި ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވީ، ދަސްވެނިވުމުގެ ރަސްމިއްޔާތަކީ ތަމްރީނެއްގެ ނިމުން ނޫން ކަމަށާއި އެއީ މުހިންމު ވާޖިބެއް އަދާކުރަން ފެށުން ކަމަށާއި ކަރެކްޝަނަލް އޮފިސަރުން ޚިދުމަތްކުރަނީ ސަލާމަތާއި ތަރުބިއްޔަތާއި އިންސާފުގެ ބެލެނިވެރިންގެ ގޮތުގައި ކަމަށެވެ.

ކަރެކްޝަންސް އޮފިސަރުންނަށް މައިގަނޑުގޮތެއްގައި ހަވާލުކޮށްފައިވާ މަސްޢޫލިއްޔަތުތަކަކީ ކަރެކްޝަންސްގެ އޮފީސްތަކާއި ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ބެލެހެއްޓުމާއި ޖަލުތަކުގައި ޤައިދުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ކަރާމަތާއި ލިބިގެންވާ އެންމެހާ ހައްގުތައް ގާއިމުކޮށް ބެލެހެއްޓުން ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީފާގައި ދެމިތިބޭހާ ހިނދަކު ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ މުޙިއްމުކަމަށް ޢަލިއަޅުއްވާލައްވަމުން، ކޮމިޝަނަރ ވަނީ ފައިސާގެ ދަހިވެތިކަމުގައި ޔުނީފޯމް ވިއްކާނުލުމަށާއި ވަޒީފާގައި އުޅޭއިރު އިސްލާމް ދީނާއި ޤައުމިއްޔަތަށް ލޯބިކުރާ ބަޔަކަށް ވުމަށް ކަރެކްޝަންސް އޮފިސަރުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި ކޯހުގައި އުގަންނާ ދެއްވި އެއްޗެހީގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައި، ޤައިދީން ރިހެބިލިޓޭޓްކުރުމަށް މަސައްކަތްކުރުމަށްވެސް އިލްތިމާސްކުރެއްވިއެވެ.

ކަރެކްޝަންސް އިން ބުނީ 27 ބައިވެރިންގެ ތެރެއިން، އެކި ސަބަބުތަކާހުރެ މި ކޯސް ފުރިހަމަކޮށްފައިވަނީ 22 ފަރާތް ކަމަށެވެ. މިއީ މި ކޯހުގެ ފުރަތަމަ ބެޗެވެ.

ކަރެކްޝަންސް އިން ބުނީ މި ކޯހުގެ މައިގަނޑު އަމާޒަކީ ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތާއި ވާޖިބުތަކާއި އަދި ހުނަރު ދަސްކޮށްދިނުން ކަމަށެވެ. މިއީ އެ ސަރވިސްއާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގުރާމެއް ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

ހަތަރު މޮޑިއުލްގެ މައްޗަށް ބިނާކޮށްފައިވާ ސެޓްފިކެޓް 01 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރެއިނިންގ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވަލް 01 ގެ ސަނަދު ފެންވަރަށް ފަރުމާކޮށް ތައްޔާރު ކޮށްފައިވާ ކޯހެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަރެކްޝަންސް ގެ "މައި އެމްސީއެސް" ޕޯޓަލް މާދަމާ ހުޅުވާލަނީ ޚަބަރު | 2 މަސް ކުރިންމި ރަމަޟާންމަހު ފުރަތަމަ ފަހަރަށް ޖަލުތަކުގައި ތަރާވީޙް ކުރާނީޚަބަރު | 2 މަސް ކުރިންއައްސޭރި ޖަލުން ހިންމަފުށީ ސުކޫލަށް 130 ޑެސްކް ޖަހައިދީފިޚަބަރު | 2 މަސް ކުރިންކަރެކްޝަންސްގެ ފްރަންޓް އޮފީހެއް ހުޅުމާލޭގައި ހުޅުވައިފިޚަބަރު | 3 މަސް ކުރިން