logo
MPL

MPL

ޚަބަރު

ކަރެކްޝަންސް ގެ "މައި އެމްސީއެސް" ޕޯޓަލް މާދަމާ ހުޅުވާލަނީ

އައިޝަތު ނަޝާއައިޝަތު ނަޝާ
21 ފެބްރުއަރީ 2026 - 15:25
ކަރެކްޝަންސް ގެ  "މައި އެމްސީއެސް"  ޕޯޓަލް މާދަމާ ހުޅުވާލަނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (ކަރެކްޝަންސް) އިން ދޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން އަލަށް ތައާރަފްކުރާ "މައި އެމްސީއެސް" ޕޯޓަލް މާދަމާ ބޭނުންކުރަން ފަށާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

މައި އެމްސީއެސް ޕޯޓަލް މެދުވެރިކޮށް ކުށުުގެ ރެކޯޑް ސާފުކުރުމަށް އެދިލެއްވޭނެ ކަމަށާއި،އަދި ޖަލުގައި ތިބި ފަރާތްތަކާއި އެ ފަރާތްތަކުގެ ގާނޫނީ ވަކީލުން އަދި އާއިލާއިން ބައްދަލުކުރެއްވުމަށް އެދެވޭނެ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައި އެމްސީއެސް ޕޯޓަލަށް ކަރެކްޝަންސް ސާވިސްގެ ވެބްސައިން އީފާސް މެދުވެރިކޮށް ލޮގިންވެވޭނެ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

އެ ޕޯޓަލް މެދުވެރިކޮށް ގައިދީ ނުވަތަ ބަންދު މީހާ އާ އޮތް ގުޅުން ކަށަވަރުކުރުމަށާއި ރެޖިސްޓާވުމަށް ލިޔެކިއުންތައް ފޮނުވަން ޖެހޭނެ ކަމަށާއި އަދި ކުރީގެ އީ ސާވިސް ޕޯޓަލްއިން ރެޖިސްޓާ ކުރައްވާފައިވާ ފަރާތްތައް އަލުން ރެޖިސްޓާ ކުރަން ޖެހޭނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކަރެކްޝަންސްއިން ބުނިގޮތުގައި މި މަހުގެ 19 އިން ފެށިގެން ކުރީގެ އީ ސާވިސް ޕޯޓަލް މެދުވެރިކޮށް ފޮނުއްވާ އެއްވެސް ރިކުއެސްޓެއް ބަލަމުން ނުދާ ކަމަށެވެ. އެހެންކަމުން ދެން ހިދުމަތްތަކަށް އެދެން ޖެހޭނީ މައި އެމްސީއެސް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖަލު އޮފިސަރުންގެ ތަމްރީނުތައް 32 ބައިވެރިން ފުރިހަމަކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންކަރެކްޝަންސްގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ލިބޭނެ ކަމުގެ ޔަގީންކަންދެން: ސީޕީ ޒަރީރުޚަބަރު | 2 މަސް ކުރިންރާއްޖޭގައި ތިބި ބަންގްލަދޭޝް ގައިދީން، ހުކުމުގެ ބާކީބައި ފުރިހަމަކުރުމަށް އެގައުމަށް ފޮނުވަނީޚަބަރު | 3 މަސް ކުރިން މާފުށީ ޖަލުގައި ސަރޗްް އޮޕަރޭޝަނެއް ފަށައިފިޚަބަރު | 4 މަސް ކުރިން