logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި ތިބި ބަންގްލަދޭޝް ގައިދީން، ހުކުމުގެ ބާކީބައި ފުރިހަމަކުރުމަށް އެގައުމަށް ފޮނުވަނީ

އައިޝަތު އިނާޝާ
13 ޖުލައި 2026 - 05:33
ރާއްޖޭގައި ތިބި ބަންގްލަދޭޝް ގައިދީން، ހުކުމުގެ ބާކީބައި ފުރިހަމަކުރުމަށް އެގައުމަށް ފޮނުވަނީ

ރާއްޖޭގެ ޖަލުތަކުގައި ތިބި ބަންގްލަދޭޝްގެ ކުށްވެރިންނަށް އިންސާނީ ހަމަތަކުގެ މަތިން އެނބުރި ގައުމަށް ގޮސް، އެމީހުންގެ ހުކުމުގެ ބާކީބައި ތަންފީޛުކުރުމުގެ މަގު ފަހިކޮށްދޭ, ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއް އެކުލަވާލުމުގެ ކަންކަން މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނުން ބުނެފި އެވެ.

ބަންގުލަދޭޝްގެ ނޫހެއް ކަމަށްވާ ޑާކާ ޓްރައިބިއުން ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނިގޮތުގައި ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ވެވޭ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުން މިހާރު އޮތީ ފައިނަލް މަރުހަލާގައި ކަމަށެވެ. އަދި މިކަން ހާމަކޮށްފައިވަނީ ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނުން ހުކުރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުން އަވަހަށް ތަންފީޛުކުރުމަށްޓަކައި ދެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ދަނީ ގާތުން މަސައްކަތް ކުރަމުންނެވެ. އަދި ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ނިމުމުން، މި އެއްބަސްވުމުގައި ސޮއިކޮށް އަމަލުކުރަން ފެށޭނެ ކަމަށް ހައި ކޮމިޝަނާ ހަވާލާދީ، އެ ނޫހުން ވަނީ ބުނެފައެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގާނޫނީ އަދި އިންސާނީ އެއްބާރުލުން ވަރުގަދަވެ، ކުށްވެރިންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި މުޖުތަމައަށް އަލުން އަހުލުވެރިވުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ހައްގުތަކާއި، ލާބައާއި، އަދި އިންސާނީ އެހީތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތަކުގެ ދަށުން، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ބަންގްލަދޭޝްގެ ހައިކޮމިޝަނަރު ޑރ. މުހައްމަދު ނަޒްމުލް އިސްލާމް އިސްކޮށް ހުންނަވައިގެން ވަފުދެއް ދާދިފަހުން ވަނީ މާފުށީ ޖަލަށް ޒިޔާރަތްކުރައްވާފައެވެ.

އަދި މި ޒިޔާރަތުގައި އެ ވަފުދުން ވަނީ ބަންގްލަދޭޝްގެ 44 ކުށްވެރިއަކާ ބައްދަލުކޮށް، އެމީހުންގެ އާންމު ހާލަތާ ބެހޭގޮތުން އޮޅުންފިލުވާފަވެއެވެ.

މި ޒިޔާރަތަށްފަހު ހައިކޮމިޝަނަރު ޑރ. މުހައްމަދު ނަޒްމުލް އިސްލާމް ވިދާޅުވީ، "ގައުމުން ބޭރުގައި ދިރިއުޅޭ ކޮންމެ ބަންގްލަދޭޝް ރައްޔިތެއްގެ އިންސާނީ ކަރާމާތާއި އަސާސީ ހައްގުތައް ކަށަވަރުކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއްގެ ބައެއް. މިހާރުގެ ސަރުކާރުން އިހުލާސްތެރިކަމާއެކު މަސައްކަތް ކުރަމުންދަނީ ރާއްޖެއިން ބޭރުގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ލާބައާއި، ރައްކާތެރިކަމާއި، އަދި ކަރާމާތް ކަށަވަރުކުރުމަށް،" ކަމަށެވެ.

މާފުށީ ޖަލުގައި ތިބި ބަންގްލަދޭޝްގެ ކުށްވެރިންގެ ތެރެއިން 34 މީހަކީ ހުކުމް ކުރެވި، އެކި މުއްދަތުގެ ޖަލު ހުކުމްތައް ތަންފީޛުކުރަމުންދާ މީހުންނެވެ. އަދި ބާކީ ތިބި 10 މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ކަަމަށް ހައި ކޮމިޝަނާ ހަވާލާދީ، އެ ނޫހުން ވަނީ ބުނެފައެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ތިބި ބަންގްލަދޭޝް ގައިދީން، ހުކުމުގެ ބާކީބައި ފުރިހަމަކުރުމަށް އެގައުމަށް ފޮނުވަނީޚަބަރު | 2 ގަޑިއިރު ކުރިން މާފުށީ ޖަލުގައި ސަރޗްް އޮޕަރޭޝަނެއް ފަށައިފިޚަބަރު | 21 ދުވަސް ކުރިން މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފިޚަބަރު | މަހެއް ކުރިން ގައިދީން ބައިތިއްބާނެ އައު ޔުނިޓެއް ހުޅުމާލޭގައި ކޮވިޑް ފެސިލިޓީގައި ހުޅުވައިފިޚަބަރު | 2 މަސް ކުރިން