logo
MPL

MPL

ޚަބަރު

ޖަލު އޮފިސަރުންގެ ތަމްރީނުތައް 32 ބައިވެރިން ފުރިހަމަކޮށްފި

އަޙުމަދު ރަމީޒު
10 އޮކްޓޯބަރު 2026 - 08:02
ޖަލު އޮފިސަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު -- ފޮޓޯ: ކަރެކްޝަނަލް ސާވިސް
ޖަލު އޮފިސަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު -- ފޮޓޯ: ކަރެކްޝަނަލް ސާވިސް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެސްސީއެސް) އިން ކުރިއަށް ގެންދާ “ސެޓްފިކެޓް ވަން އިން ބޭސިކް ކަރެކްޝަނަލް އޮފިސާސް ޓްރޭނިން” ޕްރޮގްރަމްގެ ތިންވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

މާފުށި ޖަލުގައި ރޭ ބޭއްވި މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކޯސް ފެށީ ޖުމްލަ 33 ބައިވެރިންނާއެކު ކަމަށްވީ ނަމަވެސް ކޯސް ފުރިހަމަކޮށްފައިވަނީ 32 ބައިވެރިންނެވެ. މީގެ ތެރޭގައި އިންޑަކްޝަން ޓްރޭނިން ހަދާފައިވާ ތިން އޮފިސަރުންވެސް ހިމެނެއެވެ.

މައިގަނޑު ގޮތެއްގައި މިކޯސް އަމާޒުކޮށްފައިވަނީ ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްޢޫލިއްޔަތަކާއި ވާޖިބުތަކާއި އަދި ހުނަރު ދަސްކޮށްދިނުމުގެ މައްޗަށެވެ. މިއީ ކަރެކްޝަނަލް ސާވިސްއާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގުރާމެކެވެ. އަދި ގައިދީން އިސްލާޙުކޮށް، ކުރިއަށް ދާންވީމަގު ހޯދުމަށް އެހީތެރިވުމުގައި ޕްރިޒަން އޮފިސަރުން އަދާކުރާ ރޯލުގެ މުހިއްމުކަން ދޭހަކޮށްދިނުމުގެ ގޮތުން، ފުރަތަމަ ފަހަރަށް މި ކޯހުގައި “އިންޓްރޮޑަކްޝަން ޓު ރިހެބިލިޓޭޝަން” މޮޑިއުލެއް ވަނީ އެކުލަވާލާފައެވެ.

މި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމާއި، ހަޔަރ ޑިސްޓިންކްޝަން އާއި ވަނަތައް ހާސިލްކުރި ފަރާތްތަކަށް މެޑަލް އާއި ޕްލާކް ދިނުން ހިމެނުނެވެ. އެގޮތުން މި ޕްރޮގްރާމްގެ “ބެސްޓް އޯލް ރައުންޑް” އަށް ޕްރިޒަން ޕްރައިވެޓް ހަމްނާ ނައީމް ހޮވިފައިވާއިރު، ޕްރޮގްރާމްގެ “ފިޓަސްޓް ފިރިހެން އަދި އަންހެން އޮފިސަރުންނަށް ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް މުޙައްމަދު ދާނިޝް ފަޠުހުﷲ އާއި ޕްރިޒަން ޕްރައިވެޓް ޒުމްރާ އަޙްމަދުއެވެ. ޗާލީ ޕްލެޓޫނުން އެންމެ ފާހަގަކޮށްލެވޭ އޮފިސަރަށް ޕްރިޒަން ޕްރައިވެޓް މުޙައްމަދު އައިހަމް ޙަސަން ހޮވިފައިވާއިރު، އައިވަރީ ޕްލެޓޫނުން ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް ލޫޠު އިބްރާހިމްއެވެ. އަދި “އެންމެ މޮޅު ޕްލެޓޫން” ށް ހޮވިފައިވަނީ ޗާލީ ޕްލެޓޫންއެވެ.

ދަސްވެނިވި ހުރިހާ ފަރާތްތަކަށް ޕްރިޒަން އޮފިސަރުންގެ ހުވާ ލާދެއްވީ، ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މޫސާ ނަސީމްއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ކޮންމެ ތަމްރީނަކުންވެސް ވަނައެއް ލިބުމަކީ އެމީހަކު ކުރިއަށްދިއުމަށް އަޒުމު ވަރުގަދަވެގެންދާ ކަމެއް ކަމަށާއި އަމިއްލަ ނަފްސާއި އާއިލާ ފަޚުރުވެރިވެ، އަމިއްލަ ނަފްސަށް އޮންނަ ޔަގީންކަން އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.

ބައެއް ދަރިވަރުންނަށް ވަނަތައް ލިބޭއިރު، އަނެއްބައި ކުދިން ކުރިއަށް އޮތް ތަނުގައި އެފަދަ ފުރުސތުތަކެއް ހޯދުމަށް ގަދަ އަޅާ މަސައްކަތްކޮށް، އެކަން ކާމިޔާބު ވެދާނެކަމުގެ ޔަޤީންކަން ހިތުގައި ބާއްވަން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ހުރިހާ ދަރިވަރުންވެސް އެއަޒުމުގައި ތިބެން ވަނެ ކަންވެސް ހަނދާންކޮށްދެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ޕްރިޒަން އޮފިސަރުންނަކީ ދިވެހި ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމުގެ ވިއުގައިގައި ވަރަށް ވަރުގަދަ ޒިންމާތަކަކާއި ގައުމީ ވާޖިބުތަކެއް ކޮނޑުގައި އަޅުވައިގެން ތިބޭ އޮފިސަރުންތަކެއް ކަމަށާއި، މީހަކު ކުށްކޮށްގެން ޖަލަށް ގެނައުމުން، ޖަލުން ނިކުމެ އަނބުރާ މުޖްތަމައަށް ދިއުމާމެދު އެމީހުންނާ ހަވާލުވެ އަދި އެދެމެދުގައި ހުންނަނީ އޮފިސަރުން ކަމަށްވާތީ ގައިދީންގެ ކަންކަމުގައި ފަރުވާތެރިވާންޖެހޭ ކަމަށެވެ.

"ކޮންމެ އޮފިސަރެއްވެސް ތަމްރީނުންނާއި އާއިލާ އަދި މުޖްތަމައު ތެރެއިން ދަސްކުރާ ރަނގަޅު ހުލްގު ދަމަހައްޓަންޖެހޭ. ޙަވާލުކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ދަޢުލަތަށާއި އިދާރާއަށާއި އަމިއްލަ ނަފްސަށާއި ދީނަށް ތެދުވެރިވެ، އަދި ކޮންމެ މީހަކު ކޮންމެ ހުށަހެޅުމެއް ހުށަހެޅިޔަސް އިންޓެގްރިޓީ ދެމެހެއްޓުމަށް ނުގުދާފަދަ އަޒުމު ކަނޑައަޅައި ދަމަހައްޓަންޖެހޭ،" އިހްސާން ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވީ އޮފިސަރުންގެ ޔުނީފޯރމަކީ ގައުމީ ވާޖިބާއި ޖިހާދުގެ މަތިވެރި އަހުދު ކަމަށާއި، ޔުނީފޯމުގައި ހިމެނޭ ބެޖުގައިވާ ދިދައަކީ ދިވެހި ރައްޔިތުން އޮފިސަރުންނަށް ކުރާ އިތުބާރު ކަމަށެވެ. އެހެންކަމުން އޮފިސަރުންގެ ހުވައާއި ޒިންމާއަށް ތެދުވެރިވެ ހިދުމަތުގައި ސާބިތުވާންޖެހޭނެ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖަލު އޮފިސަރުންގެ ތަމްރީނުތައް 32 ބައިވެރިން ފުރިހަމަކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންކަރެކްޝަންސްގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ލިބޭނެ ކަމުގެ ޔަގީންކަންދެން: ސީޕީ ޒަރީރުޚަބަރު | 2 މަސް ކުރިންރާއްޖޭގައި ތިބި ބަންގްލަދޭޝް ގައިދީން، ހުކުމުގެ ބާކީބައި ފުރިހަމަކުރުމަށް އެގައުމަށް ފޮނުވަނީޚަބަރު | 3 މަސް ކުރިން މާފުށީ ޖަލުގައި ސަރޗްް އޮޕަރޭޝަނެއް ފަށައިފިޚަބަރު | 4 މަސް ކުރިން