logo
MPL

MPL

ޚަބަރު

ކަރެކްޝަންސްގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ލިބޭނެ ކަމުގެ ޔަގީންކަންދެން: ސީޕީ ޒަރީރު

އައިޝަތު ނަޝާ
16 އޯގަސްޓު 2026 - 08:31
ކަރެކްޝަންސްގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ލިބޭނެ ކަމުގެ ޔަގީންކަންދެން: ސީޕީ ޒަރީރު

ސަރުކާރުގެ ސްކީމްތަކުން ކަރެކްޝަންސްގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ލިބޭނެ ކަމުގެ ޔަގީންކަން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ދެއްވައިިފި އެވެ.

ސީޕީ ޒަރީރު މި ޔަގީންކަން ދެއްވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 55 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.ސީޕީގެ ވާހަކައިގައި ކަރެކްޝަންސްގެ އަހަރީ ދުވަސް، މިއަހަރުގެ ޤައުމީ ދުވަސް އިއްތިފާގުން އެއްދުވަހަކަށްވީތީ، މީގެ އެތައް ސަތޭކަ އަހަރު ކުރިން ހިތްވަރުގަދަ ބަޠަލުންތަކެއް ކުޑަ ވަސީލަތްތަކަކާއެކު ދޯންޏެއްގައި ދަންވަރު މާލެ އަރައި ޤައުމު ސަލާމަތްކުރި ފަދައިން، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުމުގައި މަދު ވަސީލަތްތަކަކާއެކު ފަރުދާގެ ފުރަގަހުގައި އޮފިސަރުން ޖަލު ބެލެހެއްޓުމަށް ކުރަމުންގެންދާ ހީވާގި އަދި ބުރަ މަސައްކަތް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ވޭތުވެ ދިޔަ އަހަރު ތެރޭގައި ކަރެކްޝަންސްއަށް އައިސްފައިވާ ބަދަލުތަކަށް އަލިއަޅުއްވާ ލައްވަމުން، ކޮމިޝަނަރ ވިދާޅުވީ ޖަލުތަކުގައި ހުރި ޖާގައިގެ ދަތިކަން ޙައްލުކުރުމަށް މަސައްކަތްކޮށް، ޖާގަ އިތުރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި ބޮޑީ ސްކޭނިންގ މެޝިނަކާއި ބެގެޖް ސްކޭނިންގ މެޝިން ބަހައްޓާފައިވާ ކަމަށާއި 2015 އިން ފެށިގެން ފުރަތަމަ ފަހަރަށް އޮފިސަރުންނާއި މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.

ސަރުކާރުގެ ސްކީމްތަކުން ބޯހިޔާވަހިކަން އޮފިސަރުންނަށް ލިބޭނެކަން ކަށަވަރުވެފައިވާކަން ފާހަގަކުރައްވާ ޒަރީރުގެ ވާހަކަ ނިންމަވައިލެއްވެވީ ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުން ރެއާއި ދުވާލު ވަމުންދާ ޤުރުބާނީތަކާއި ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، އޮފިސަރުންނަށާއި މުވައްޒަފުންނާއި ޢާއިލާތަކުގެ އިތުރުން ވޭތުވެދިޔަ 55 އަހަރު ދުވަހު ކަރެކްޝަންސްއަށް ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް ތަހުނިޔާ ދަންނަވަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަރެކްޝަންސްގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ލިބޭނެ ކަމުގެ ޔަގީންކަންދެން: ސީޕީ ޒަރީރުޚަބަރު | ގަޑިއިރެއް ކުރިންރާއްޖޭގައި ތިބި ބަންގްލަދޭޝް ގައިދީން، ހުކުމުގެ ބާކީބައި ފުރިހަމަކުރުމަށް އެގައުމަށް ފޮނުވަނީޚަބަރު | މަހެއް ކުރިން މާފުށީ ޖަލުގައި ސަރޗްް އޮޕަރޭޝަނެއް ފަށައިފިޚަބަރު | 2 މަސް ކުރިން މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފިޚަބަރު | 2 މަސް ކުރިން