logo
Bank of Maldives

Bank of Maldives

ޚަބަރު

ކަރެކްޝަންސްގެ ފްރަންޓް އޮފީހެއް ހުޅުމާލޭގައި ހުޅުވައިފި

އައިޝަތު ނަޝާ
4 ފެބްރުއަރީ 2026 - 05:35
ކަރެކްޝަންސްގެ ފްރަންޓް އޮފީހެއް ހުޅުމާލޭގައި ހުޅުވައިފި

 މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފްރަންޓް އޮފީހެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

ހުޅުމާލޭ ޖަލު ސަރަހައްދުގައި ގާއިމުކޮށްފައިވާ މި ފްރަންޓް އޮފީސް ހުޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާނެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރާއި އެ ޚިދުމަތުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކަރެކްޝަނަލް ސަރވިސްގެ ފްރަންޓް އޮފީސް ހުޅުވައިދެއްވައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ މިއީ ރައްޔިތުންނަށް ކަރެކްޝަންސްއިން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް އެއްތަނަކުން ފަސޭހަކަމާއެކު ލިބިގެންދާނެ އޮފީހެއް ކަމަށެވެ. އަދި މީގެ ސަބަބުން ކަރެކްޝަންސް ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި އެ ގައިދީންގެ އާއިލާތަކަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ވީހާވެސް ގާތުން ފޯރުކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އަލަށް ހުޅުވި ކަރެކްޝަންސްގެ ފްރަންޓް އޮފީހުން ކުށުގެ ރިކޯޑް ސާފުކުރުމާބެހޭ މަސައްކަތްތަކާއި ރިސެޕްޝަނަށް ލިބޭ ސިޓީ، މެސެޖް، ފޯމު ފަދަ ލިޔުންތައް ބަލައިގަނެ، ކަމާބެހޭ ސެކްޝަންތަކާއި ޑިވިޜަން އަދި ކޮމާންޑްތަކާ ޙަވާލުކޮށް، ރެކޯޑް ބެލެހެއްޓުމައި މައުލޫމާތު ހޯދަން އަންނަ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ޤައިދީންނާއި ބަންދުގައި ތިބޭ މީހުންގެ އަންނައުނު ބަލައިގަތުމުގެ ޢުޞޫލާ އެއްގޮތަށް ކޮންމެ ހަފުތާއެއްގެ އާދީއްތަ އަދި އަންގާރަ، ދުވަހު ޢާއިލާތަކުން ގެންނަ އަންނައުނު ބަލައިގަންނާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަރެކްޝަންސް ގެ "މައި އެމްސީއެސް" ޕޯޓަލް މާދަމާ ހުޅުވާލަނީ ޚަބަރު | 2 މަސް ކުރިންމި ރަމަޟާންމަހު ފުރަތަމަ ފަހަރަށް ޖަލުތަކުގައި ތަރާވީޙް ކުރާނީޚަބަރު | 2 މަސް ކުރިންއައްސޭރި ޖަލުން ހިންމަފުށީ ސުކޫލަށް 130 ޑެސްކް ޖަހައިދީފިޚަބަރު | 2 މަސް ކުރިންކަރެކްޝަންސްގެ ފްރަންޓް އޮފީހެއް ހުޅުމާލޭގައި ހުޅުވައިފިޚަބަރު | 2 މަސް ކުރިން