logo
MPL

MPL

ޚަބަރު

އައްސޭރި ޖަލުގައި ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުންނާއެކު މެޑިކަލް ކޭމްޕެއް ބާއްވައިފި

މަރިޔަމް މާޙީ
24 މޭ 2026 - 05:26
އައްސޭރި ޖަލުގައި ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުންނާއެކު މެޑިކަލް ކޭމްޕެއް ބާއްވައިފި

އައްސޭރި ޖަލުގައި ތިބި ޤައިދީންނާއި ބަންދުގައި ތިބި ފަރާތްތަކަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަށްޓަކައި، ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން ޚާއްޞަ މެޑިކަލް ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތު ދިން ގޮތުގައި، މި ކޭމްޕަކީ ޖަލުގައި ތިބި މީހުންގެ ތެރެއިން ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުންނަށް ދައްކަންޖެހޭ ފަރާތްތަކަށް އެ ޚިދުމަތް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ބޭއްވި ކޭމްޕެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޑިކަލް ކޭމްޕްގައި އެތެރެހަށީގެ ބަލިތަކާއި، ކަށީގެ ބަލިތަކުގެ އިތުރުން ސާޖަރީގެ ޚާއްޞަ ޑޮކްޓަރުން ބަލިމީހުން ބައްލަވައި ފަރުވާ ދެއްވާފައިވެއެވެ. މި ދާއިރާތަކުން ޑޮކްޓަރަށް ދެއްކުމަށް ރިފަރކޮށްފައިވާ ޖުމްލަ 41 މީހަކަށް މި ކޭމްޕްގެ ތެރެއިން ކޮންސަލްޓޭޝަންގެ ޚިދުމަތް ވަނީ ދީފައެވެ.

ކަރެކްޝަނަލް ސަރވިސްއިން ބުނިގޮތުގައި، މިފަދަ ކޭމްޕްތަކުގެ ސަބަބުން ޖަލުގެ މާޙައުލުން ލިބެން ނެތް ސިއްޙީ ފަރުވާތައް، ރާއްޖޭގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާ ގުޅިގެން ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

މީގެއިތުރުން، ކުރިއަށް އޮތް ތަނުގައިވެސް އެކި ޖަލުތަކުގައި މިފަދަ މެޑިކަލް ކޭމްޕްތައް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށްވެސް އެ ސަރވިސްއިން ވަނީ ހާމަކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަރެކްޝަންސްގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ލިބޭނެ ކަމުގެ ޔަގީންކަންދެން: ސީޕީ ޒަރީރުޚަބަރު | 3 ގަޑިއިރު ކުރިންރާއްޖޭގައި ތިބި ބަންގްލަދޭޝް ގައިދީން، ހުކުމުގެ ބާކީބައި ފުރިހަމަކުރުމަށް އެގައުމަށް ފޮނުވަނީޚަބަރު | މަހެއް ކުރިން މާފުށީ ޖަލުގައި ސަރޗްް އޮޕަރޭޝަނެއް ފަށައިފިޚަބަރު | 2 މަސް ކުރިން މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފިޚަބަރު | 2 މަސް ކުރިން