logo
MPL

MPL

ޚަބަރު

މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފި

 މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި އަލަށް ބަހައްޓާ ބެގެޖް ސްކްރީނިންގ މެޝިން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހަދިޔާކޮށްދެއްވި ބެގެޖް ސްކްރީނިންގ މެޝިނަކީ، ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު މެޝިނެކެވެ. އަދި މިއީ މާފުށި ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޝިން ބޭނުންކުރާގޮތުގެ ތަމްރީން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ފޯރުކޮށްދެއްވާފައިވީއިރު، ބެގެޖް ސްކްރީންކުރުމަށް ބޭނުންވާ ޚާއްސަ ތަމްރީން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ ފޯރުކޮށްދެއްވާފައެވެ.

މި މެޝިން މެދުވެރިކޮށް ޤައިދީންނާއި ބަންދުމީހުން ޖަލަށް އަލަށް އަންނަ އިރު ގެންނަ ތަކެތި، އެފަރާތްތަކަށް ޢާއިލާއިން ފޮނުވާ ތަކެތި އަދި ޢާއިލީ އާއި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ ތަކެތި ސްކްރީން ކުރެވިގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަރެކްޝަންސްގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ލިބޭނެ ކަމުގެ ޔަގީންކަންދެން: ސީޕީ ޒަރީރުޚަބަރު | 2 ގަޑިއިރު ކުރިންރާއްޖޭގައި ތިބި ބަންގްލަދޭޝް ގައިދީން، ހުކުމުގެ ބާކީބައި ފުރިހަމަކުރުމަށް އެގައުމަށް ފޮނުވަނީޚަބަރު | މަހެއް ކުރިން މާފުށީ ޖަލުގައި ސަރޗްް އޮޕަރޭޝަނެއް ފަށައިފިޚަބަރު | 2 މަސް ކުރިން މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފިޚަބަރު | 2 މަސް ކުރިން