logo
MPL

MPL

ޚަބަރު

އިމިގްރޭޝަންގެ އާ ބިލުގައި "ރެސިޑެންޓް ވިސާ" ހިމަނާފައިނުވާނެ: އިހުސާން

އަޙުމަދު ރިޝާން
16 ނޮވެމްބަރު 2026 - 12:47
އިމިގްރޭޝަންގެ އާ ބިލުގައި "ރެސިޑެންޓް ވިސާ" ހިމަނާފައިނުވާނެ: އިހުސާން

 ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިމިގްރޭޝަންގެ މުޅިން އާ ބިލުގައި "ރެސިޑެންޓް ވިސާ" ގެ ނަމުގައި އެއްވެސް ވިސާއެއް ނުހިމެނޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިޙުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އިމިގްރޭޝަން ގާނޫނަށް ރެސިޑެންސް ވިސާ ހިމެނޭ ގޮތަށް އިސްލާހެއް ގެންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހަބަރު ފަތުރަމުންދާތީ، އެކަން ދޮގުކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނު ވިދާޅުވިގޮތުގައި، ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެކެވެ. އަދި އެއީ މޯލްޑިވްސް އިމިގްރޭޝަނުން ގާނޫނަށް ގެނައުމަށް އެއްވެސް އިރެއްގައި ވިސްނާފައިވެސްވާ އިބާރާތްތަކެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

 

View post on Twitter

 

ރައްޔިތުންނާ ގުޅުންހުރި މިފަދަ ހައްސާސީ ކަންކަމުގައި ދޮގު އަދި ބުހުތާނު ވާހަކަތައް ނުފެތުރުމަށް މިނިސްޓަރު ވަނީ ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކުރައްވާފައެވެ.

މިމަހުގެ 9 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި 50 ސޮފުހާގެ މި ބިލުގެ މައިގަނޑު މަގުސަދަކީ މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި މަދަނީ ވަކި ހިދުމަތެއް ގާއިމުކުރުމާއި، ރާއްޖެއަށް މީހުން އައުމާއި ފުރުމުގެ އުސޫލުތައް ހަރުދަނާކުރުމެވެ. މީގެއިތުރުން ދިވެހިންނަށް ޕާސްޕޯޓު ދޫކުރުމާއި، ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ޑީޕޯޓްކުރުމާ ގުޅޭ އުސޫލުތައްވެސް މި ބިލުގައި ވަނީ ކަނޑައަޅާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިމިގްރޭޝަންގެ އާ ބިލުގައި "ރެސިޑެންޓް ވިސާ" ހިމަނާފައިނުވާނެ: އިހުސާންޚަބަރު | 17 މިނިޓު ކުރިން މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފިޚަބަރު | 5 މަސް ކުރިންބިދޭސީންގެ ފީ ނުދައްކާތީ 8000 އަށްވުރެ ގިނަ ފަރާތްތައް ސަސްޕެންޑްކޮށްފި ޚަބަރު | އަހަރެއް ކުރިންމިހާތަނަށް 174،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފިޚަބަރު | އަހަރެއް ކުރިން