logo
Bank of Maldives

Bank of Maldives

ޚަބަރު

ބިދޭސީންގެ ފީ ނުދައްކާތީ 8000 އަށްވުރެ ގިނަ ފަރާތްތައް ސަސްޕެންޑްކޮށްފި

ޝަހްޒާ މުހައްމަދު
7 ސެޕްޓެމްބަރު 2025 - 08:25
ބިދޭސީންގެ ފީ ނުދައްކާތީ  8000 އަށްވުރެ ގިނަ ފަރާތްތައް ސަސްޕެންޑްކޮށްފި

ބިދޭސީންނާ ގުޅުންހުރި އެކި ފީތައް ނުދައްކާ 8000އަށްވުރެ ގިނަ ފަރާތް އެކްސްޕެޓް ސިސްޓަމްގެ ތެރެއިން ސަސްޕެންޑްކޮށްފިއެވެ.

ހޯމް މިނިސްޓްރީއިން ހާމަކުރި ގޮތުގައި، ބިދޭސީންނާ ގުޅުންހުރި އެކިއެކި ފީތައް ނުދައްކާ ހުރި 8000 އަށްވުރެ ގިނަ ފަރާތެއް އެކްސްޕެޓް ސިސްޓަމުން ވަނީ ސަސްޕެންޑް ކުރެވިފައެވެ. މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެޅުނު ފިޔަވަޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި، ސަރުކާރުގެ ކަމާބެހޭ އެންމެހާ މުއައްސަސާތައް ގުޅިގެން، ރާއްޖޭގައި ހުއްދަނެތި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށިއެވެ. މީގެ ތެރޭގައި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމާއި، އެކްސްޕެޓް ސިސްޓަމް ވަރުގަދަކުރުމާއި، ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމާއި، ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ހިމެނެއެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު އިބްރާހީމް ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވި ގޮތުގައި، ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ވަނީ ހޯދިފައެވެ. އަދި މިހާރު ނިޒާމު ބައްޓަންކުރެވެމުންދަނީ ފީ ނުދައްކާ ފަރާތްތަކަށް ދައުލަތުގެ އެއްވެސް ޚިދުމަތެއް ނުލިބޭނެ ގޮތަށެވެ.

އެކްސްޕެޓް ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ 68000 ވަޒީފާދޭ ފަރާތުގެ ތެރެއިން 8900 ފަރާތެއް ވަނީ ފައިސާ ނުދެއްކުމުގެ ސަބަބުން ސަސްޕެންޑް ކުރެވިފައެވެ. އަދި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ދައްކަންޖެހޭ ފަރާތްތަކަށް އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމުގެ ފުރުސަތު ދެވި، އޮކްޓޯބަރުގައި ހަމަވާ މުއްދަތު އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމުގެ މުޖުތަމައު ހަމަޖެހުމަކަށް ގެނައުމަށް ކުރަންޖެހޭ ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ: ރައީސްޚަބަރު | 3 ދުވަސް ކުރިންއޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހީގައި ރަށްރަށުގެ ދަނޑުތަކުގައި ފިލައިގެން އުޅޭ ބިދޭސީން ހޯދުމަށް އިސްކަންދެނީޚަބަރު | 12 ދުވަސް ކުރިންއޮޕަރޭޝަން ކުރަނގި އަކީ ބިދޭސީންނަށް ދޭ އަދަބެއް ނޫން، ބޭނުމަކީ ހައްގުތައް ހިމާޔަތްކުރުން: ރައީސްޚަބަރު | 15 ދުވަސް ކުރިންރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް ފުރިހަމަކޮށްފިޚަބަރު | 16 ދުވަސް ކުރިން